ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އައިވީއެފްގެ ހިދުމަތަށް ހުޅުވާލައިފި
އައިމިނަތު ޝިޔާޒާ
16 މާޗް 2024 - 15:45
0
comments
Tweet
Telegram
އާސަންދަ ސްކީމްގެ ދަށުން އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީއަށް އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ދައުލަތުގެ ސިއްހީ އިންޝުއަރެންސް ނިޒާމް ހަދާ އެންސްޕާއިން ކުރި އިއުލާނެއްގައި ބުނީ "އައިޔޫއައި" އާއި "އައިވީއެފް"ގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ދިނުމަށް، އައިވީއެފް އާއި އައިޔޫއައި ފަރުވާގެ ހަރަދުކުރުމަށް ދަތިވާ މީހުންނަށް ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އާއި އައިޔޫއައި ފަރުވާ ކުރުމަށް ބޭނުންވާ މީހުންނަށް ދައުލަތުގެ އެހީއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 15 ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ނެގުމަށްފަހު، މިއަހަރު އައިވީއެފްގެ ހިދުމަތް ދޭން ނިންމާފައި ވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށް އެންސްޕާ އިން ބުންޏެވެ.
އުސޫލުގައި ވާގޮތުން ކޮންމެ އަހަރެއްގެ ބަޖެޓުގައި، އެ ހިދުމަތަށް އެ އަހަރެއްގައި ހަރަދުވާނެ މިންވަރު ސްކީމް ބޯޑުން ހިމަނަންވާނެ އެވެ. އެ ބަޖެޓަށް ރިއާޔަތްކޮށް އެހީ ފޯރުކޮށްދޭނެ މީހުންގެ އަދަދާއި އެހީއަށް އެދި ހުށަހަޅަން ހުޅުވާލާ މުއްދަތު ކަނޑައަޅާނީ ވެސް ސްކީމް ބޯޑުންނެވެ.
ކޮންމެ އަހަރެއްގައި ވެސް އެ އެހީ ފޯރުކޮށްދޭނެ މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން، ފޯމު ހުށަހަޅާ މީހުންގެ ފޯމުތަކަށް ބެލުމަށް ފަހު، އުސޫލުގައިވާ ޝަރުތުތަކާއި، ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެ އެންމެ މަތިން ޕޮއިންޓު ލިބޭ މީހުންނަށެވެ. މިގޮތަށް ޕޮއިންޓު ދިނުމުގައި ދެމަފިރިންގެ އުމުރާއި ކައިވެނީގެ މުއްދަތުގެ އިތުރުން އާންމުދަނީ ލިބޭ މިންވަރަށް ވެސް ސްކީމް ބޯޑުން ރިއާޔަތް ކުރަންޖެހެ އެވެ.
މި ހިދުމަތްތަކަށް އެހީ ފޯރުކޮށްދޭ ޝަރުތުތައް
ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން 3 އަހަރު ވެފައިވުން
ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާ ސިއްހީ ސަބަބެއް ހުރުން
ދެމަފިރިންގެ ދަރިޔެއް ދުނިޔޭގައި ނެތުން
އަނބިމީހާގެ އުމުރު 30 އަހަރު ފުރި 42 އަހަރު ނުވުން، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައިނުވުން
އެހީއަށް އެދޭ ދެމަފިރިން ފާއިތުވި 3 އަހަރު ޖިނާއީ ކުށެއްގެ ސަބަބުން ހުކުމެއް ކޮށްފައިވާ ފަރާތަަކަށް ނުވުން
އެހީއަށް އެދޭ އަނބިމީހާގެ ބޮޑީ މާސް އިންޑެކްސް 19އާ 30އާ ދެމެދު ހުރުން
އެހީއަށް އެދުމުގެ ހަ މަސް ކުރިން ދުންފަތުގެ އިސްތިއުމާލު ހުއްޓާލުން
ފާއިތުވި ހަ މަހު އަނބިމީހާގެ "އެންޓި މުލޭރިއަން ހޯމޯން" 0.8 އަށްވުރެ ދަށް ނުވުން
މީގެ ކުރިން ސްކީމެއް މެދުވެރިކޮށް އައިވީއެފް ހަމަޖެހިފައިވާ ފަރާތަކަށް ނުވުން
އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ބުރު ފުރިހަމަކޮށްފައިނުވުން
އެންސްޕާ އިން ބުނީ އައިވީއެފްގެ އެހީއަށް އެދި ފޯމު ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި ފުރިހަމަނުވާ ކަމެއް އޮތް ނަމަ އެކަން އީމެއިލްގެ ޒަރިއްޔާއިން އަންގާނެ ކަމަށެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު އެ އެޖެންސީއަށް ފޯމު ބަލައިގަންނަތާ 15 ދުވަސް ތެރޭގައި ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން އެ ފަރާތްތަކަށް އަންގާނެ ކަމަށެވެ.
މޭ 15 އިން ފެށިގެން ރަސްމީ 30 ދުވަހުގެ ތެރޭގައި އައިވީއެފްގެ އެހީ ހަމަޖެހުނު މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް އެންސްޕާއިން ބުންޏެވެ. އެފަރާތްތަކު ޒާތީ މައުލޫމާތު ހާމަނުވާނެހެން ލިސްޓު ވެސް އާންމު ކުރާނެ އެވެ.
އަދި، އައިޔޫއައިއަށް އެދި ހުށަހަޅާ ފަރާތްތަކަށް ރަސްމީ ފަސް ދުވަސް ތެރޭގައި ގޮތެއް ނިންމުމަށްފަހު އެސްއެމްއެސްއަކުން އަންގާނެ ކަމަށެވެ.
މިއަހަރު އެހީ ހަމަނުޖެހޭ މީހުން އަންނަ އަހަރު ހުޅުވާލުމުން އެހީއަށް އެދުމުގެ ފުރުސަތު އަލުން އޮންނާނެ އެވެ. އާސަންދައިގެ ދަށުން އައިވީއެފްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުފުޅެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ހުރިހާ އަތޮޅު ހޮސްޕިޓަލުގައި މިއަހަރު ޑައިލިސިސް ހަދަން ފަށަނީ
4 ދުވަސް ކުރިން
0
އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި
24 ދުވަސް ކުރިން
0
ސިއްހަތަކީ ހަމައެކަނި ފަރުވާގެ ހިދުމަތެއް ނޫން: ޑރ. ހަލީލް
1 މަސް ކުރިން
0
އުމުރުން 35 އަހަރުން މަތީގެ މީހުންގެ މެޑިކަލް ޗެކަޕް ތައާރަފްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިފްކޯގެ ސީއީއޯ އެ ކުންފުނީގެ މުވައްޒަފުންނަށް މޭޑޭގެ ތަހުނިޔާ ފޮނުއްވައިފި
28 މިނެޓް ކުރިން
0
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް
50 މިނެޓް ކުރިން
0
14 އަހަރުގެ ކުއްޖަކު ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެއަށް!
1 ގަޑިއިރު ކުރިން
0
ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ އަށް ތަރައްގީ ކުރަނީ
1 ގަޑިއިރު ކުރިން
0