ޚަބަރު
ކުންފުނިތަކުން ވަކިކުރާ މީހުންނަށް އެމްޑީޕީން އެހީ ވަނީ
ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދަނިކޮށް ވަޒީފާއިން ވަކިކުރާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން މިއަދު ނިންމައިފި އެވެ.

އެމްޑީޕީން ބުނީ އެސްއޯއީ ތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު އެކިއެކި ފަރާތްތަކުން އެ ޕާޓީއާ ހިއްސާ ކޮށްފަައިވާ ކަމަށެވެ. މިފަދަ ކަމެއް އެއްވެސް ކުންފުންޏެއް ގައި ހިނގާނަމަ އެކަމާ ގުޅޭ މައުލޫމާތު އެމްޑީޕީއާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން އީމެއިލް މެދުވެރިކޮށް helpline@mdp.org.mv އެ މައުލޫމާތު ހިއްސާކޮށްދޭން އެދިފައިވެ އެވެ.

އެމްޑީޕީން ބުނީ އެގޮތަށް ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ގާނޫނީ ގޮތުން ފޯރުކޮށް ދޭން ޖެހޭ އެހީތަރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާ ދިމާކޮށް، ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގައި އިދިކޮޅު އެމްޑީޕީގެ ކެމްޕެއިންތަކުގައި ބައިވެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ ތުހުމަތު އެމްޑީޕީން ކޮށްފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު ވަނީ ސިޔާސީ ވަކި ޕާޓީއަކަށް ތާއީދުކުރާތީ ވަޒީފާތަކުން މުވައްޒަފުން ކެނޑުމުގެ ސިޔާސަތު ނުގެންގުޅޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފަ އެވެ.   

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު