މަޖިލިސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސް ޕާސަނަކަށް ހީނާ
އައިމިނަތު ޝިޔާޒާ
29 މާޗް 2024 - 12:25
0 comments
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވަލީދު
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޗީފް ސްޕޯކްސް ޕާސަނުގެ މަގާމަށް ހީނާ ވަލީދު އައްޔަން ކޮށްފި އެވެ.
ހީނާއަކީ މިހާރުވެސް އެ ކޯލިޝަނުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. ހީނާ ގެންދަވަނީ ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަންގެ މަގާމުވެސް އަދާކުރައްވަމުންނެވެ. އޭޕްރިލް 21ގައި އޮންނަ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީން ވެސް ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލެ ސަރަހައްދުގައި ކެމްޕެއިން ކުރައްވަމުންގެންދަވާއިރު އެމްޑީޕީގެ އިސް ބޭފުޅުން އަންނަނީ އަތޮޅުތެރެއަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު