ޚަބަރު
މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި
އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ އަށް މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ލިބިފައިވާ މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއް ރަޖިސްޓްރީކޮށް، ތަހުގީގު ފަށާފައިވާ ކަމަށެވެ.

އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި، ކެމްޕޭނު ކުރުމުގައި ރިޝްވަތު ހުށަހެޅުމުގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ކޮމިޝަނުން ވަނީ އިންތިހާބާ ގުޅޭ ކަރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވޭ ނަމަ، އެ މައްސަލައެއް ހުށަހެޅުމަށް ވެސް އިލްތިމާސް ވެސް ކޮށްފަ އެވެ. އަދި އެފަދަ މައްސަލަތައް އިންތިހާބަށް ހާއްސަކޮށްފައިވާ ޕޯޓަލް elections.acc.gov.mv/complain މެދުވެރިކޮށް އޭސީސީ އަށް ހުށަހެޅޭނެ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު