ދުނިޔެ
ފުރަތަމަ ފަހަރަށް ބޮޑު ބައްޔަކުން އުރުދުގާން ބަލިވެއްޖެ
އުރުދުގާންއާ އޭނާގެ އަނބިކަނބަލުން އެމިނޭ އިއްޔެ ވޯޓު ލައްވަނީ
އިއްޔެ އޮތް ތުރުކިޔޭގެ މޭޔަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވެރިކަންކުރާ ރައީސް ރަޖަބު ތައްޔިބު އުރުދުގާންގެ އޭކޭ ޕާޓީ %35.49 ގެ ބޮޑު ބައްޔަކުން ބަލިވެއްޖެ އެވެ.

ބޮޑު އެއްވެސް ސިޓީއެއްގެ ގޮނޑި ލިބިފައި ނުވާއިރު ރައީސް އުރުދުޣާންގެ ޕާޓީއަށް މުހިންމު ޕްރޮވިންސްތައް ގެއްލި، އިސްތަންބޫލް،އަންކާރާ ފަދަ މައި ސިޓީތައް އަނބުރާ ހޯދުމަށް ނާކާމިޔާބުވުމަކީ ފާހަގަކޮށްލެވޭ ސިޔާސީ ބަދަލެއް އައުމުގެ އިޝާރާތެއް ކަމަށް މުހައްލިލުން ބުނެއެވެ.

ރައީސް އުރުދުގާންގެ އޭކޭ ޕާޓީ 2004 ވަނަ އަހަރުގެ އިންތިޚާބަށްފަހު ފުރަތަމަ ފަހަރަށް އިއްޔެ ލޯކަލް އިންތިޚާބުގައި ބަލިވިއިރު، އިދިކޮޅު މައި ޕާޓީ ސީއެޗްޕީއަށް %37.74 ވޯޓު ލިބުނެވެ.

ހުރިހާ ވޯތް ފޮއްޓެއް ގުނައި ނިމުމަކާ ގާތްވެފައިވާއިރު، 20 އަހަރު ވަންދެން ސިޔާސީ މައިދާނުގައި ވެރިކަން ކުރަމުން އަންނަ ތުރުކިޔޭގެ ވެރިކަން ކުރާ ޕާޓީ އޭކޭ ޕާޓީއަށް ކުރިމަތިވީ ހީވެސް ނުކުރާފަދަ ބަލިވުމެކެވެ. އުރުދުޣާންގެ ޕާޓީއަށް 81 ޕްރޮވިންސްގެ ތެރެއިން އެންމެ 24 ޕްރޮވިންސް ލިބުނުއިރު، މައި އިދިކޮޅު ޕާޓީ ވަނީ 32 ޕްރޮވިންސް ކާމިޔާބު ކޮށްފަ އެވެ.

އެހެންކަމުން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރޭ ވާހަކަފުޅު ދައްކަވަމުން ތުރުކިޔޭގެ ރައީސް ވިދާޅުވީ ބަލި ޤަބޫލުކުރައްވައިފި ކަމަށާ އިސްކުރައްވާނީ ހުރިހާ ޕާޓިތަކާ ގުޅިގެން ގައުމުގެ މަސްލަހަތެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު