ދުނިޔެ
ތުރުކީގެ ނައިޓް ކުލަބެއްގައި ރޯވެ 29 މީހުން މަރުވެއްޖެ
ތުރުކީގެ އިސްތަންބޫލްގެ ބެޝިކްތާޝްގައި ހުރި ނައިޓް ކުލަބެއްގައި ރޯވެ 29 މީހުން މަރުވެއްޖެ އެވެ.

ކަމާބެހޭ ފަރާތުން ހަބަރު ދިން ގޮތުގައި މިހާދިސާ ހިނގި ސަބަބެއް ނޭނގެއެވެ. 

ގިނަ ބަޔަކު ހޮސްޕިޓަލް ތަކަށް ގެންގޮސްފައިވާއިރު އަލިފާން ނިއްވަން 31 ވެހިކަލް ހަރަކާތްތެރިވި އެވެ. މިހާދިސާ ހިނގީ 16 ބުރީގެ އިމާރާތެއްގައި ހުރި ނައިޓުކުލަބުގައި ވެލްޑިންގ މަސައްކަތެއް ކުރަމުން ދަނިކޮށް ކަމަށް ފުރާނަ ސަލާމަތްވި މީހަކު ބުނެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ހަފްތާގައި އަލުން އިސްތަންބުލްގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވި އެކްރެމް އިމަމޮގްލޫ ވިދާޅުވީ، ނައިޓްކްލަބްގެ މެނޭޖްމަންޓުން އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދިފައި ނުވާ ކަމަށެވެ.  

"އިމާރާތްކުރުމާ ގުޅޭ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ހުއްދައަކަށް އެދިފައެއް ނެތް. މި ކްލަބު ހުންނަ، ގްރައުންޑް ފްލޯގެ ތިރިއަށް ހުންނަ ދެ ފްލޯގައި މަސައްކަތްތަކެއް ކުރަމުންދާކަމެއް ފެންނާކަށް ވެސް ނެތް،" އިމަމޮގްލޫ ވިދާޅުވި އެވެ.

މަރުވި މީހުންގެ އާއިލާތަކަށް އިމަމޮގްލޫ ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

އިސްތަންބުލްގެ ގަވަރުނަރުގެ އޮފީހުން ބުނި ގޮތުގައި މި ކްލަބުގައި މަރާމާތުގެ މަސައްކަތް ކުރަމުން ދިޔަ ހުރިހާ އެންމެން ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު