ޚަބަރު
މިއަދު އިހުސާސްކުރެވޭ ހޫނުމިން 46 ޑިގްރީގައި
މާލެ ސަރަހައްދަށް މިއަދު އިހްސާސްކުރެވޭ ހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސްގައި ކަމަށް ގައުމީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ. މިއީ އިހުސާސް ކުރެވޭ ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިއަދުގެ 11:00ގައި އިހުސާސްކުރެވޭ ފިނިހޫމުނުމިން ހުރި މިންވަރު:

މާލެ ސަރަހައްދު - 46

ލ. ކައްދޫ - 41

ގދ. ކާޑެއްދޫ - 43

ސ. ގަން - 40

މިއީ އިހުސާސްކުރެވޭ ފިނިހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގެ ތެރޭގައި މި އަދަދުތައް ހުރީ 44 އާ 45އާ ދެމެދުގައެވެ. އަދި މިދިޔަ އަހަރު ވެސް އިހުސާސްކުރެވޭ ފިނިހޫނުމިން އެވަރެޖްކޮށް އެންމެ މައްޗަށް އަރާފައިވަނީ 44 ޑިގްރީ ސެލްސިއަސްއާ ހަމައަށެވެ.

މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މައްޗެވެ.

މީގެއިތުރުން މިއަހަރަކީ ވެސް އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ އިން ވެސް ވަނީ ލަފާކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު