ވިޔަފާރި
ކެލާގައި ރިސޯޓެއް ހަދަން އެއްބަސްވުމެއް
ހއ. ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްގީކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި ކެލާ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެެއްބަސްވުން ހެދީ ޓޫރިޒަމް މިނިސްޓްރީ ކެލާ ކައުންސިލާ ދެމެދު އެވެ. މި އެއްބަސްވުމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދަޅުވީ މިއީ ދެ ފަރާތުން ގުޅިގެން މަޝްރޫއު ކުރިއަށް ގެންދަންވި އެއްބަސްވުމެއް ކަމަށެވެ.

ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ކެލަ އަށް ކުރެއްވި ދަތުރުގަ އެވެ.

ކެލާ ފަޅުތެރޭގައި ތަރައްގީ ކުރާ ރިސޯޓް ޕްރޮޖެކްޓްގެ ފުރިހަމަ ތަފުސީލުތައް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ކެލާ ފަޅުތެރޭގައި ރިޒޯޓެއް ތަރައްގީ ކުރުން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިއަ ފެބުރުއަރީ މަހުގެ ތެރޭ ކެލައަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ދުވަހު ރައީސް ވިދާޅުވީ ކެލާ ފަޅުތެރޭގައި ތަރައްގީކުރާ ރިޒޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެ ކަމަށެވެ. އަދި ރަށްރަށުގައި ގެދޮރުވެރިކަން ގާއިމު ކުރުމަށް ހައުސިން ޕްރޮޖެކްޓްތައް ހިންގަން ކަނޑައަޅާފައިވާ ޕްލޭންގެ ދަށުން ކެލައަކީ އިސްކަންދޭނެ ރަށެއް ކަމަށް ވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު