އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
އިސްމާއިލް ރިޒާ
05 އޭޕްރީލް 2024 - 16:33
0 comments
އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް ވަނީ ފަށާފައި
އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.ރައީސް ވަނީ މިއަހަރުގެ ފިތުރު އީދުގައި މި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށްގެންދެވުމަށް ނިންމަވާފަ އެވެ. އެގޮތުން މާލެ ސިޓީއާއި އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި ސިޓީގެ އިތުރުން ކޮންމެ އަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށުގައި ލައިޓްތައް ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.އެޗްޑީސީން ރޭ ބުނީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ފިތުރު އީދުގެ މުނާސަބަތު ގައި އީދުގެ ރޫހު ދައްކުވައިދޭ ފަދަ ބޮޮކިތަކުން ހުޅުމާލެ ޒީނަތްތެެރި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިހަރަކާތުގެ ތެރޭގައި އީދަށް ރަށްތައް ޒީނަތްތެރި ކުރުމުގައި އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކްބީރުގެ އަޑު އިއްވުމަށް ރަށުތެރޭގައި ސްޕީކަރު ހަރުކުރުން ހިމެނެއެވެ. މިގޮތުން ރަށްރަށުގެ ބޮޑެތި މަގުތަކުގައި އީދަށް ހާއްސަ ކުލަބޮކި ލުމާއި މަގުމަތީގައި ގިޑިގެ ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދެ އެވެ.މި އަހަރުގެ ކުޑަ އީދު މާލެ ސިޓީ ގައި ވަރަށް ކުލަގަދަ ކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ބުނެފައެވެ. މި އަހަރުގެ އީދު ފާހަގަ ކުރާނީ "މަގޭ އީދު" ނަމުގައެވެ. އެ ހަރަކާތްތައް ހިންގާނީ ސާދަ އެންޓަޓައިމަންޓްއާ ގުޅިގެންނެވެ. ކަލަންޑަރުގައިވާގޮތުން ފިތުރު އީދު ވަނީ އަންނަ ބުދަ ދުވަހަށެވެ. މިއަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ހުރިހާ ރަށެއްގައި ކުރިއަށްދާނެ އެވެ. އަދި އީދު ކުޅިވަރުގެ ހަރަކާތްތަކާއި ސަގާފީ ކުޅިވަރުތައް ކުރިއަށްދާނެ އެވެ. މީގެއިތުރުން މާލޭގައި ހަވާއެރުވުންވެސް އީދު ދުވަހު އޮންނާނެއެވެ.
ކިޔުންތެރިންގެ ޝުއޫރު