ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އީ-ޕެޓިޝަން ނިޒާމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
މަރިޔަމް އަނާ
08 އޭޕްރީލް 2024 - 13:40
0
comments
Tweet
Telegram
އީ-ޕެޓިޝަން ނިޒާމާ ގުޅޭގޮތުން އެކުލަވާލާފައިވާ ސިޔާސަތު ކަރުދާހަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިދާރާ އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅުގެން ތައާރަފުކުރުމަށް ހަމަޖެހިފައިވާ އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހަށް މިއަދުން ފެށިގެން ހިޔާލު ހުށަހެޅޭނެ ކަމަށެވެ.
އެގޮތުން ޕެޓިޝަން ކޮމިޓީގެ
އީމެއިލް އެޑްރެސްގެ
ޒަރިއްޔާއިން އަދި މަޖިލީހުގެ އިދާރާއަށް ލިންކެއް ފޮނުވައިގެން ނުވަތަ
މި ފޯމުގެ
ޒަރިއްޔާއިން ހިޔާލު ހުށަހެޅޭނެ އެވެ.
އީ-ޕެޓިޝަން ނިޒާމު ގާއިމުކުރުމަށް އެކުލަވާލާފައިވާ ކަރުދާހުގައިވާގޮތުން އީ-ޕެޓިޝަނެއްގައި ރާއްޖޭގެ އާބާދީގެ 0.2 އިންސައްތަ މީހުން ސޮއިކޮށްފިނަމަ އެ މައްސަލަ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކުރުމަށްފަހު ފިޔަވަޅު އެޅުމާއެކު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. އަދި ޕެޓިޝަން ހުށަހަޅާތާ 21 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް މަޖިލީހުން ޖަވާބުދާރީވާން ޖެހެއެވެ.
މީގެ އިތުރުން އާބާދީގެ 0.5 އިންސައްތަ މީހުން އީ-ޕެޓިޝަންގައި ސޮއިކޮށްފިނަމަ އެ ޕެޓިޝަނަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ފޮނުވާނެއެވެ. އަދި 50 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް މަޖިލީހުން ޖަވާބުދާރީވާން ޖެހޭނެއެވެ.
މި ނިޒާމާ ގުޅޭ ކަރުދާހަށް އާންމުން ހުށަހަޅަން ބޭނުންވާ ޚިޔާލު 29 އޭޕްރިލްވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެކުރިން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އީމެއިލްގެ ޒަރިއާއިން ފޮނުވުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ. އަދި މި ނިޒާމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މި މަހުގެ 24 އަދި 25 ވަނަ ދުވަހު ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އީ-ޕެޓިޝަންގެ ސިޔާސަތު ކަރުދާހުގެ ހުލާސާއެއް
މި ލިންކުން
ލިބޭނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
8 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
8 ދުވަސް ކުރިން
0
އާ މަޖިލިސް ހުވާ ކުރުން މޭ 28 ގައި
9 ދުވަސް ކުރިން
1
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
20 ދުވަސް ކުރިން
0
ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސްގެ ކަންބޮޑުވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރާގަށް ފުރަތަމަ ކުއާޓަރުގެ އާމްދަނީއަށް 698.5 މިލިއަން ރުފިޔާ
44 މިނެޓް ކުރިން
0
ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ އިތުރު ޓެލްގްރާމް ޗެނަލެއް ބަންދުކޮށްފި
2 ގަޑިއިރު ކުރިން
0
ދިއްދޫގައި ގާލްސް ޓު ކޯޑް ޕްރޮގްރާމް ބާއްވަނީ
3 ގަޑިއިރު ކުރިން
0
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީއަށް 4.5 ބިލިއަން ރުފިޔާ
3 ގަޑިއިރު ކުރިން
0