ޚަބަރު
މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ ކައުންސިލަށް ޑރ. ޝަހީމް
ޑރ. ޝަހީމް، މުސްލިމް ވޯލްޑުގެ ސެކްރެޓަރީ ޖެނެރަލާއެކު.
މުސްލިމު ވޯލްޑްލީގް (ރާބިޠަތުލްޢާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފި އެވެ.

އެ ޖަމިއްޔާގެ އެންމެ މަތީ މަޖިލީހަށް ޝަހީމް އައްޔަން ކުރެއްވީ، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލް ކަރީމުލްއީސާ އެވެ.

މުސްލިމް ވޯލްޑް ލީގަކީ ނުވަތަ ރާބިތަތުލްއާލަމީލް އިސްލާމީ އަދި ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ބޭފުޅުން ހިމެނޭ ގޮތަށް މީގެ 62 އަހަރު ކުރިން 1962 ވަނަ އަހަރު އުފެއްދި، އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

ރާބިތާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލްއާލަމިލްއިސްލާމީގެ އެންމެ މަތީ މަޖިލީހެވެ. ރާބިތާ އަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގްވާމީ ޖަމިއްޔާ އެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މައްކާ ގަ އެވެ.

ޝަހީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިސްލާމީ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނިވަޑަައިގަންނަވާ ބޭފުޅެކެވެ. އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި ވެެސް ހިމެނިވަޑައިގަތެވެ. ޝަހީމް ވަނީ އޯއައިސީގެ އިސް މަގާމެއް ވެސް ފުރުއްވާފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު