ޚަބަރު
ޕީއެންއެފް އުފައްދާ ޖަލްސާއަށް ސަރުކާރުން ހުރަސް އެޅުމުން ކަންބޮޑުވޭ: ސޯލިހު
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސްއެޅުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސޯލިހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް އެ ޕާޓީގެ މެމްބަރުން ވަނުމަށް ސަރުކާރުން ހުރަސްއެޅުމަކީ އަދި ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމާއި، ސުލްހަވެރިކަމާއެކު ހަރަކާތްތައް ކުރިއަށް ގެންދިޔުމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށާއި، އެ ހައްގަށް އަރައިގަތުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ލިބިފައިވާ ހައްގުތައް ދެމި އޮތުމަށް އެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޕީއެންއެފް އިން ބުނި ގޮތުގައި ފުލުހުން އެ ޖަލްސާއަށް ހުރަސް އެޅީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުއްދަދީ އަދި ޣިޔާސުއްދީން ސްކޫލާ އެކު އެއްބަސްވުމެއް ހަދައި ޖަލްސާ ބޭއްވުމަށް އެ ސްކޫލަށް ފައިސާ ވެސް ދައްކާފައި ވަނިކޮށެވެ.

ނަމަވެސް ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމަށް ޕީއެންއެފްއާ އެކު ހަދާފައި އޮތް ބާތިލްކޮށްފައިވާ ކަމަށް އެ ސްކޫލުން އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންވެ ފުލުހުން އެތަނަށް ދިޔައީ ޣިޔާސުއްދީން ސްކޫލުގެ ހުއްދަ ނެތި އެ ސްކޫލަށް ބަޔަކު ވަންނަން އުޅުމުން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު