ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފަހުމީ އަށް އަލުން މަގާމެއް ދީފި
އަލީ ރާޒީ
30 އޭޕްރީލް 2024 - 12:17
0
comments
Tweet
Telegram
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރިތާ ހަތަރު ދުވަސް ފަހުން އެ މަގާމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން އަނެއްކާވެސް އެ ވުޒާރާގެ އިސް މަގާމަކަށް އައްޔަންކޮށްފި އެވެ.
ކުރިން ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްކަން ވެސް ކުރެއްވި ފަހުމީ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީ ނޮވެމްބަރު 20، 2023 ގަ އެވެ. އަދި އޭނަ މަގާމުން ވަކިކުރީ ނޮވެމްބަރު 24، 2023 ގަ އެވެ.
ފަހުމީ އަނެއްކާ ވެސް ފޮރިން މިނިސްޓްރީގެ މަގާމަކަށް ވަނީ އައްޔަންކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް އަދި ނުލިބެ އެވެ.
ފުވައްމުލަކަށް އުފަން ފަހުމީ އަކީ އޭނަ ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި އިރު، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ވަކިކުރި މީހެކެވެ. އޭނަ އަށް މި ސަރުކާރުން މަގާމެއް ދިނުމުން ފާޑުކިޔުންތަކެއް އަމާޒުވީ ވެސް އެކަމާ ހެދި އެވެ.
ފަހުމީ މަގާމުން ވަކިކުރީ ދުސްތޫރީ އުސޫލުތަކުގެ ބޭރުން ކަމަށާއި, ގާނޫނު އަސާސީގެ ބޭރުން ކަމަށް ބުނެ އޭނާ ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޑިސެމްބަރު 11, 2012 ގައި މައްސަލައެއް ހުށަހެޅި އެވެ. އަދި, އެ މައްސަލަ ސުޕްރީމް ކޯޓުން އޭނާއާ އެއްކޮޅަށް މާޗު 14, 2013 ގައި ނިންމާފައި ވެ އެވެ. ހަތް ފަނޑިޔާރުގެ ބެންޗުން ތަފާތުވީ ހަމައެކަނި މިހާރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ރައުޔެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މައުރަޒެއް ބާއްވަނީ
8 ގަޑިއިރު ކުރިން
0
ނަތަންޔާހު ހައްޔަރުކުރުމުގެ އަމުރަށް، ރާއްޖޭގެ މަރުހަބާ
15 ގަޑިއިރު ކުރިން
0
ރައީސީ އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި
18 ގަޑިއިރު ކުރިން
0
އީރާނުގެ ރައީސް އަވަހަރާވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހިޔާ އަވަށުގެ ބީޗް ހަޓްތައް ނަގަން އިތުރު ވަގުތުދީފި
5 ގަޑިއިރު ކުރިން
0
މިއަހަރުގެ ހައްޖު މިޝަންގެ މެންބަރުން ސައުދީއަށް ވަޑައިގެންފި
5 ގަޑިއިރު ކުރިން
0
މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ އައިމަން
7 ގަޑިއިރު ކުރިން
0
ބައްސާމް ހައްގުތައް ގެއްލޭ ގޮތަށް ހިޔާލުފާޅު ނުކުރަން އަންގައިފި
7 ގަޑިއިރު ކުރިން
0