ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ސަރުކާރުން އިތުރު 11 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރަން ތައްޔާރުވެއްޖެ
މަރިޔަމް އަނާ
11 އޭޕްރީލް 2024 - 17:47
0
comments
Tweet
Telegram
މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމި އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިމަޝްރޫއުގެ ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެތެރެއިން 5 އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ 6 ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހަރަދުގަ އެވެ.
ސަރުކާރުން މުޅިން އަލަށް 11 އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށާއިރު، މިހާރު ގާއިމްކުރެވިފައިވާ ބައެއް އައިސް ޕްލާންޓުތަކުން ހިދުމަތް ދިނުމުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްތައް ވެސް މިފްކޯ ގުޅިގެން ދަނީ ކުރެވެމުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި އެވެ.
އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮަޕަރޭޓް ކުރަމުންދާ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށެވެ.
ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރު 11 އައިސް ޕްލާންޓެއް އައުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނޭކަމެއް ކަމަށް ވުޒާރާއިން ވިދާޅުވި އެވެ.
ފަސޭހައިން އައިސް ނުލިބުމުގެ ޝަކުވާ މަސްވެރިންކުރާއިރު، އައިސްޕްލާންޓް އިތުރުކުރުމަކީ މި ސަރުކާރުގެ ވެސް ވަރަށް ބޮޑު އަމާޒެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ހޯރަފުށި އައިސް ޕްލާންޓުން އައިސް ނުލިބޭތާ އެތައް ދުވަހެއް: މަސްވެރި ޔޫނިއަނުން
2 ދުވަސް ކުރިން
0
މަސްވެރިކަމާ ބެހޭ ކޯސްތައް އޯގަސްޓްގައި ފަށަނީ
10 ދުވަސް ކުރިން
0
ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފި
25 ދުވަސް ކުރިން
0
3 ރަށެއްގައި މަސް ފެކްޓްރީ ގާއިމުކުރަން ޗައިނާގެ ކުންފުންޏަކަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިގްތިސޯދީ ހުރި، ގޮންޖެހުން ކުޑަކުރަން ފިޔަވަޅުތައް އަވަސްކުރަން ޖެހޭ: ވޯލްޑް ބޭންކް
15 މިނެޓް ކުރިން
0
ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެމްއޭސީއެލްގެ 10 މުވައްޒަފަކަށް
29 މިނެޓް ކުރިން
0
ދެ ކުއްޖެއްގެ ބޯންމެރޯ ކާމިޔާބު: މިނިސްޓަރު
4 ގަޑިއިރު ކުރިން
0
އެސްޓީއޯ ސްމާޓް ސްޓޯރުން މިހާރު 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ
16 ގަޑިއިރު ކުރިން
0