ޚަބަރު
ހޯރަ އިއްބެ ނިޔާވެއްޖެ
ރައީސް އޮފީހުގެ ކުރީގެ އަންޑަސެކެޓްރީ އިއްބެ: އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް
އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިއަދު ނިޔާވެއްޖެ އެވެ. 

އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީގެ މަގާމް އަދާކޮށްފައިވާ ހޯރަ އިއްބެ ނިޔާވީ މިއަދު ހެނދުނު ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ކުޅަދާނެ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ހޯރަ އިއްބެ، އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެ ޕާޓީގެ ހަރަކާތްތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވި އެވެ. އެ ޕާޓީން އޭރު ބޭއްވި ގިނަ ޖަލްސާތައް ހުށަހަޅުއްވައިދެއްވީ ވެސް އޭނާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު