ރިޕޯޓް
ތަރައްގީގެ އަޑު އެންމެ ގަދައަށް އިއްވޭނީ ސަރުކާރު ފަޅިން: އަލީ މޫސާ
އަލީ މޫސާގެ ކެމްޕެއިން އިވެންޓެއްގައި ރައީސް ޑރ. މުއިއްޒު ބައިވެރި ވަޑައިގަންނަވަނީ
ތަރައްގީގެ އަޑު އެންމެ ގަދައަށް އިއްވޭނީ ސަރުކާރު ފަޅިން ކަމަށާއި ރިޔާސީ ދައުރެއް ރައްޔިތުން ދިނުމުން "ފަސް އަހަރުގެ ދައުރެއް" ނިމުމުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ މަސައްކަތަކަށް ނުވާނެ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޯރަފުށި ދާއިރާއަށް ސަރުކާރު ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ މޫސާ ވިދާޅުވެއްޖެ އެވެ.

އަލީ "ހޯރަ" އަށް ވިދާޅުވީ، ރައީސަކު ގާނޫނާ ހިލާފު ނުވެ، ރައްޔިތުންގެ ތަރައްގީ އަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނިކޮށް، އެ ބޭފުޅަކާ އަބަދު ދިމާކުރަމުން ދިއުމަކީ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އެ ކުރެވެނީ ވަރަށް ބޮޑު އިހާނާތްތެރި ކަމެއް. އެއީ ރައްޔިތުންގެ ލީޑަރަކަށް ވަކާލާތު ކުރާ ކޮންމެ މީހަކު ކޮށްފައި ހުރި ހުވާ ނުވަތަ އެ މީހަކު ރައްޔިތުންގެ ކުރިމަތީގައި ތަސައްވުރު ދައްކައިދީފައި ހުރި ގޮތާ ހިލާފަށް ކުރެވޭ ކަމެއް. އެހެނެއް ނޫން، ރައްޔިތުންގެ މަޖިލިހުން ނިންމާ، ރައީސް ކުރާ މަސައްކަތަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފަށް، ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ކުރާ ކަންތައް ކަމަށް. ނޫނިއްޔާ ކުރާ ކަންތައްތަކަކީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކަންތައް ކަމަށް. އެހެން ކަމަށް ވަންޏާ އެ ރައީސް އެބަޖެހޭ ވިސްނަން،" ޔުނިވާސިޓިއޮފް ސަންޑަލޭންޑް އިން ވިޔަފާރީގެ ދާއިރާއިން މާސްޓަސް ހާސިލްކުރައްވައިގެން ހުންނެވި އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ ބޭރުން ކަންތައް ނުކުރައްވާ ނަމަ ކޮންމެ ރައީސަކަށް ވެސް ދައުރު ނިންމެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހެ އެވެ. އިދިކޮޅު ޕާޓީގެ ތެރެއިން ވިޔަސް އެކަމަށް ޖަދަލު ކުރުމަކީ ރައްޔިތުންގެ މަންފާއަށްޓަކައި ކުރާ ކަމަކަށް ނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

ކޮންމެ ރައީސަކަށް ވެސް ފަސް އަހަރުގެ ދައުރު ނިންމެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް އަލީ ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ފުރުސަތު ލިބިވަޑައިނުގަތީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު އުފައްދާކަން އަލީ ފާހަގަކުރެއްވި އެވެ.

އަލީ ވިދާޅުވީ ނަޝީދަށް ވެސް ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ. އެކަމަކު ކަންކަން އެހެން ގޮތަކަށް ގެންދަވަން ފެއްޓެވުމުން އެކަމަށް ރައްޔިތުންގެ ކުރިމަތީގައި ނަޝީދަށް ޖަވާބުދާރީ ނުވެވި، ދައުރު ކުރުވީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމަކާ ހެދި ކަމަށް ރައީސް އަލީ ވިދާޅުވި އެވެ.

"އެއީ އެހެން ބަޔަކު އެ ފުރުސަތު ނުދިނީކީ ނޫން. މިހާރު ގާނޫނުއަސާސީއާ ހިލާފަށް، ރާއްޖޭގެ ޝަރުއީ މަރުހަލާގައި ހުރި ކަންކަމާ ބެހި، ނޫނިއްޔާ ފަނޑިޔާރުންނާ ބެހި، އެކަހަލަ ކަންކަމެއް ނުހިނގާނެ. އަދި ކީއްކުރަންތޯ؟، ސިޔާސީ ވާދަވެރިއަކު ވެސް، ސިޔާސީ ޕާޓީއެއްގެ މީހަކު ވެސް ގާނޫނާއި ޝަރީއަތުގެ ބޭރުން ހައްޔަރު ކުރެވިގެން ނުވާނެ، އެމީހަކު އެ ކުރާ ކަމެއް އަންނާނީ އެ މީހަކު އެ ކުރާ ގޮތަކަށް،" ވިޔަފާރިއާއި އިގްތިޞޯދާއި އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާ ހޯއްދަވައިގެން ހުންނެވި އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް މުޒާހަރާ ކުރުމުގެ ހައްގު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ "ނޫސްތަކުގައި ވެސް ހަމަ ލިޔާނެ އެއްޗެއް ލިޔަންވީ" ކަމަށެވެ. "ހަމައެކަނި އަޅުގަނޑުމެން މި ބުނާ ވާހަކަ އަކީ މީސްމީހުންގެ އަބުރަށް އަރައިނުގަންނާށޭ. ހަމަ ތިމާގެ އަބުރު ރައްކާތެރި ކުރަން ބޭނުންވާ ބީދައިން އެހެން މީހުންގެ ހައްގުތަކަށް އަރައި ނުގަންނާށޭ. ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ވާހަކަ ލިޔާނެ ގޮތަކަށް ލިޔުނަސް އެއީ މައްސަލައެއް ނޫން، ނަމަވެސް ތެދު ހާމަކުރަން ވާނެ" އަލީ ވިދާޅުވި އެވެ.

"އެކަމަކު ފަރުދުންނާ ބެހޭ ކަމަށް ވަންޏާ އެ މީހާގެ ޒިންމާ އޮންނާނެ އެ މީހަކު ލިޔާ އެއްޗަށް ޖަވާބުދާރީވުމަށް." 

އަލީ ވިދާޅުވީ ރާއްޖޭގެ ރައީސުންގެ އަބުރާ ބެހޭ މިންވަރަށް އެހެން ގައުމެއްގެ ރައީސްގެ އަބުރާ ނުބެހޭ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރައީސުން މިހާރު ވެސް އެކަން ތަހައްމަލު ކުރައްވައިފި ކަމަށް އަލީ ވިދާޅުވި އެވެ.

އިސްލާހީ މަސައްކަތަށް އަބަދުވެސް ލޯބި ކުރައްވާ އަދި އެކަމަށް ޒުވާނުންނަށް ހިތްވަރު ދެއްވާ، އަލީ ވިދާޅުވީ ދިވެހި ރާއްޖޭގައި ޑރ. މުއިއްޒުގެ ސަރުކާރު އައިސްގެންނެއް ޑިމޮކްރެޓިކް އެއްވެސް އަސްލަކަށް ބަދަލެއް ނާންނާނެ ކަމަށާއި ފުރުސަތު ލިބިލައްވައިފި ނަމަ 20 ވަނަ މަޖިލީހުގެ ތެރެއިން ކުރައްވާނެ ޤާނޫނީ މަސައްކަތަކީ އިސްލާމީ ޝިއާރު ތަކުގައި ގާނޫނީ ސިފަ ޖެއްސުން ކަމަށާއި އަދި ޑިމޮކްރެޓިކް މުޖުތަމައަށް ޤާނޫނީ ހިމާޔަތް ދިނުން ކަމަށެވެ.

އަލީ ފާހަގަކުރެއްވި ގޮތުގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް އިންސާފުން ބޭރުން "މޮޅެއް" ލިބިގެން ނުވާނެ ކަމަށާއި ހޯރަފުށި ދާއިރާ ތަރައްޤީ ވެގެންދާނީ އަވައްޓެރި ރަށްތަކާއި އޮންން ދުވަސް ވީ ރަހުމަތްތެރިކަމުގެ ގުޅުން ނުކެނޑި ކަމަށެވެ. 

އަލީ ވިދާޅުވީ ހޯރަފުށި ދާއިރާގެ ޒުވާނުންގެ "ޝަކުވާ" އަޑު އަހަން ހުރުމަކުން އަދި ނުފުދޭ ކަމަށާއި އެ ޒުވާނުންގެ އުންމީދު ތަކުގައި ކުލަ ޖެހެން ޖެހޭ ކަމަށެވެ. މިކަން ވާންއޮތީ މަޖިލިސް ތެރެއިން ސަރުކާރަށް ޖެއްސުން ނުކުރާ މީހުން އިންތިހާބުކޮށްގެން ކަމަށެވެ.

"ވަރަށް ގިނަ ޒުވާނުންގެ ޝަކުވާ ހުރުމުން އަޑު އެހިއްޖެ. އަދި އަޅުގަނޑުމެންގެ ކެމްޕެއިން ފަރާތުން ވެސް އަޅުގަނޑުމެންނާ އެކީގައި މި މަޝްވަރާ ކުރެވިއްޖެ. އަޅުގަނޑުގެ ލިސްޓްގެ ކުރީގައި އޮތީ ޒުވާނުން ބޭނުންވާ ކަންކަމުގެ ހައްލު،" އަލީ ވިދާޅުވި އެވެ.

އަލީ ފާހަގަކުރެއްވި ގޮތުގައި ހަވާސާ ވެފައިވާ ހޯރަފުށީގެ ޒުވާނުންގެ އަޑު މަޖިލީހުގައި އިއްވައިދީ ޖުމްލަކޮށް މުޅި ރާއްޖޭގެ ޒުވާނުންގެ އުންމީދު ތަކަށް ގާނޫނީ ގޮތުން ބާރު ހޯދައިދިނުމަށް ބިލްތައް ޑްރާފްޓްކޮށް މަޖިލީހަށް ވެއްދުމަކީ އަބަދުވެސް ޝައުޤުވެރިވާ ކަމެއް ކަމަށެވެ.

"ދާއިރާގެ ރައްޔިތުން ބޭނުންވާ "ތަރައްގީގެ އަޑު" އެންމެ ގަދައަށް އިއްވޭނީ ސަރުކާރު ފަޅީގައި ހުރެގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." ފެހި ގާނޫނޫ އަސާސީން ލިބުނު ވޯޓު ލުމުގެ މިނިވަން ކަމާއިއެކު ހޯރަފުށި ދާއިރާގެ ރައްޔިތުން ނިމުނު ތިން މަޖިލިސް އިންތިހާބުގައި ވޯޓު ދެއްވި ގޮތުގެ މާޒީއަށް ބައްލަވާ އަލީ ވިދާޅުވި އެވެ. 

އަންނަ އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބުގެ ވޯޓުލުން އެ ދުވަހު ހެނދުނު 8:00 އިން ފެށިގެން 5:30އާ ހަމައަށް ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ކެންޑިޑޭޓުން ނުކުންނަނީ 89 ދާއިރާއަކަށެވެ. އަލީ އަކީ ރައީސް ޑރ. މުއިއްޒުގެ ފުލް ތާއީދާއެކު ހޯރަފުށީ ދާއިރާގެ މިހާރުގެ ހާލަތު އާ އުސްމިންތަކަކަށް ގެންގޮސް ދެއްވާނެ ރައްޔުތުން އިންތިހާބު ކުރި ސަރުކާރުގެ ކެންޑިޑޭޓެވެ. 

ކެންޑިޑޭޓް ނަންބަރު 2 އަލީ މޫސާ އަކީ ސަރުކާރުގެ "ލަޝްކަރު" ގެ ހޯރަފުށީ ދާއިރާގެ މެދުވެރިޔާ އެވެ. އަދި ސިޔާސީ ފޯރި އާއި ޖޯޝުގައި ހުންނެވި ތިޔަބޭފުޅުންގެ މަދަދު ވެރިޔާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު