
މިއަދު މެންދުރު ފަހު ބޭއްވި ބަޖެޓް ކޮމިޓީގައި ވަނީ އެ ބަޖެޓަށް ވޯޓަށް އަހާފަ އެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެން 19 މެންބަރުންގެ ތެރެއިން 15 މެންބަރުން ވަނީ ބަޖެޓް ފާސްކުރަން ވޯޓު ދެއްވައިފަ އެވެ.އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުރު އަދަދެކެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.ދެން އޮންނާނީ މުޅި މަޖިލީހުގެ ތަޅުމުން ބަޖެޓް ފާސްކުރުމުވެ. މި ކުރިއަށް އޮތް ހަފްތާގައި ބަޖެޑް ފާސްކުރާނެ ކަމަށް ބެލެވެ އެވެ.