ޚަބަރު
މި އިންތިހާބުގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރާނެ
މިއަދު އޮންނަ މަޖިލިސް އިންތިހާބުގައި ގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުުހުންގެ ހިދުމަތުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބުނެފި އެވެ. 

އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ހިއްސާކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމާންޑަރު އަބްދުﷲ ޝަރީފް ވިދާޅުވީ އިންތިޚާބު ކުރިއަށް ދާއިރު ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.

ފުލުހުން ވަނީ ވޯޓަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުހިންގުމަށާ އެފަދަ ކަމެއް ހިންގާނަމަ ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ފުލުހުންގެ ޕްރޮފެޝަނަލްކަން އެންމެ މަތީ ދަރަޖާގައި ގެންގުޅުމަށް އިރުޝާދު ދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު އޮންނަ 20 ވަނަ މަޖިލީސް އިންތިހާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެ އެވެ. އެ އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

އިންތިހާބުގެ ވޯޓުލުން އޮންނާނީ 8:00އިން 5:30އަށެވެ. ވޯޓުލުން ނިންމާ ގަޑިއަކަށް އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ 4:00އަށް ނަމަވެސް، ވޯޓުލާ ދުވަހު މޫސުން ގޯސްވެދާނެ ކަމަށް ބަލައި، ވޯޓުލާ ވަގުތު އިތުރުކުރަން މަޖިލީސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީން އެދުމުން ގަޑި އިތުރުކުރީ އެވެ.


 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު