ޚަބަރު
ވިހި އަހަރަށް ފަހު މަޖިލީސް ރައީސް އަސްލަމް ގެއަށް
ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރެއްވި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޖުމްލަ ހަތް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.

އަސްލަމް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ މީގެ 20 އަހަރު ކުރީންނެވެ. އޭގެ ފަހުން ހަތަރު ދައުރު އޭނާ ވަނީ ހަތަރު ދައުރު ފުރިހަމަ ކުރައްވާފައެވެ. މީގެ 20 އަހަރުން އަސްލަމް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ އެންމެ ޒުވާން މެންބަރުގެ ގޮތުގަ އެވެ. އެ ފަހަރު އަސްލަމް ވިދާޅުވީ އޭނާ ފުރުއްވާނީ އެންމެ ދައުރެއް ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އަސްލަމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓެވެ.  

ކިޔުންތެރިންގެ ޝުއޫރު
83%
17%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު