ޚަބަރު
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީ އަށް ލިބިއްޖެ
މިއަދު އޮތް ރައްޔިތުންގެ މަަޖިލީހުގެ އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ބޮޑު އަޣުލަބިއްޔަތެއް ހޯދާނެ ކަން ކަށަވަރު ވެއްޖެ އެވެ.

މިއަދުގެ އިންތިހާބުގެ ނަތީޖާ މިހާތަނަށް ފެންނަ ގޮތުން ވަރަށް ހައިރާން ކުރަނިވި ނަތީޖާ އަކުން ކުރީގައި އޮތީ ކޮންގްރެސް އެވެ. މާލެ ސިޓީއާ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ އަގުލަބިއްޔަތު ވެސް ހޯދާނީ ކޮންގްރެސް އިން ކަމަށް ބެލެވެ އެވެ.

އަދި މިއީ އިދިކޮޅު އެމްޑީޕީ އަށް މަޖިލީހުން އެންމެ މަދުން ގޮނޑި ލިބޭ ފަހަރަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މަޖިލިސް އިންތިހާބުގައި ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރިއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ. ވޯޓުލާފައިވަނީ އޭގެތެރެއިން 73 ޕަސެންޓް މީހުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު