ޚަބަރު
އެންމެ ގިނަ ވޯޓު ހޯދި 10 ކެންޑިޑޭޓުންގެ ލިސްޓަށް އަލީ މޫސަ، ހޯރަފުށި ދާއިރާ!
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި 10 ކެންޑިޑޭޓުންގެ ލިސްޓަށް ހޯރަފުށި ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަލީ މޫސާ ވެވަޑައިގެންފި އެވެ.

20 ވަނަ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނު އެއް ދާއިރާ އަކީ ހޯރަފުށީ ދާއިރާ އެވެ. އެ ދާއިރާއަށް އަލީ މޫސައާ ވާދަ ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި މިހާރު ހޯރަފުށި ދާއިރާ ތަމްސީލުކުރައްވާ އަހުމަދު ސަލީމް(ސައްލެ) އެވެ.

އިންތިހާބީ މަގާމަކަށް މުޅިން އަލަށް މިފަހަރުގެ އިންތިހާބުގައި ވާދަކުރެއްވި އަލީ މަޖިލީހަށް އިއްޔެ އިންތިހާބުވެވަޑައިގެންނެވީ ރެކޯޑަކާއެކު އެވެ. އެގޮތުން މިހާތަނަށް އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ހޯރަފުށި ދާއިރާއަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ 3540 މީހުންގެ ތެރެއިން، 1602 މީހުން ޝުޖާއުއަށް ވަނީ ވޯޓް ދީފަ އެވެ. އެއީ އިންތިހާބުގައި ވޯޓްލީ މީހުންގެ 52.10 އިންސައްތަ އެވެ.

ފޯރިގަދަ ކެމްޕެއިންނަކަށް ފަހު، ފެށި މި އިންތިހާބުގައި އަލީއާ އެންމެ ގާތުން ވާދަކުރި ސައްލެއަކީ 18 ވަނަ މަޖިލީހުގައި ވެސް ވާދަކޮށް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި އެންމެ އުތުރުގެ -- ހއ ގެ ފަސް ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ސަރުކާރުން ރައްޔިތުންނަށް ދެއްކި ކެންޑިޑޭޓުން ނެވެ.

ހއ ގައި ފަސް ދާއިރާއެއް ހިމެނެ އެވެ. އެއީ ބާރަށު ދާއިރާ އާއި ދިއްދޫ ދާއިރާ އާއި އިހަވަންދޫ ދާއިރާ އާއި ކެލާ ދާއިރާ އާއި ހޯރަފުށި ދާއިރާ އެވެ.

އެންމެ ގިނަ ވޯޓް ހޯއްދެވި 10 ކެންޑިޑޭޓުންގެ ލިސްޓުން އެއް ވަނަ ލިބެނީ ބާރަށު ދާއިރާގެ ގޮނޑި މިފަހަރު ވެސް ކާމިޔާބުކޮށް އަނބުރާ މަޖިލީހަށް ވަޑައިގެންނެވީ، މިހާރު މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

ޝުޖާއު ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ ގޮނޑި ތަމްސީލުކޮށްފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
44%
28%
17%
11%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު