ދުނިޔެ
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ދުބާއީގައި ތަރައްގީކުރަނީ
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓްގެ ގޮތުގައި ޔޫއޭއީގެ ދުބާއީގައި އަޅާ 35 ބިލިއަން ޑޮލަރުގެ އެއާޕޯޓް އިއުލާންކޮށްފި އެވެ.

އެ އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ނިމުމުން އެތަން ވާނީ ދުނިޔޭގެ އެންމެ ބޮޑު ކެޕޭސިޓީ އޮތް ޓާމިނަލަށް ކަމަށް ދުބާއީގެ ބޮޑުވަޒީރު އަދި ނައިބު ރައީސް ޝެއިހު މުހައްމަދު ބިން ރަޝީދު އަލް މަކްތޫމް ވިދާޅުވި އެވެ.

އެ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު އެ އެއާޕޯޓު ދުބާއީ އެއާޕޯޓަށްވުރެ ފަސް ގުނަ ބޮޑުވާނެ ކަމަށާއި، އަހަރަކު 260 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކަމަށް ޝައިހް މުހައްމަދު ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލު ކުރާނެ." ޝައިހް މުހައްމަދު ވިދާޅުވި އެވެ.

"އެއާޕޯޓުގެ ވަށައިގެން ދުބާއީ ދެކުނު ސަރަހައްދުގައި ސިޓީއެއް ތަރައްގީކުރާ އިރު މިލިއަނެއްހާ މީހުންނަށް ބޯހިޔާވަހިކަމުގެ ޑިމާންޑް އަންނާނެ. އަދި ލޮޖިސްޓިކްސް އާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދުނިޔޭގެ ބޮޑެތި ކުންފުނިތައް އެ ސަރަހައްދަށް އަންނާނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިހް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް އާ ޕްރޮޖެކްޓެއް ކުރިއަށް ގެންދަނީ، އެ ގައުމުގެ އާ ޖީލަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ދުބާއީ ވާނީ އާ ގްލޯބަލް ސެންޓަރަކަށް ކަމަށެވެ.

2010 ވަނަ އަހަރު ހުޅުވި ދުބާއީ އެއާޕޯޓު މިދިޔަ އަހަރު 87 މިލިއަން ފަތުރުވެރިން ބޭނުން ކޮށްފައިވާއިރު، މިދިޔަ އަހަރު އެ ގައުމަށް 17.15 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ 

ވޭތުވެދިޔަ 10 އަހަރުގައި އެންމެ ބިޒީ އެއާޕޯޓުގެ ގޮތުގައި އޮތީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓެވެ.

މިދިޔަ އަހަރު ގާތްގަނޑަކަށް 87 މިލިއަން ފަސިންޖަރުން އެ އެއާޕޯޓު ބޭނުންކުރި އިރު، މިއީ ކޮވިޑުގެ ކުރިން އެއާޕޯޓުން ހިދުމަތް ހޯދި އަދަދަށް ވުރެ އިތުރު އަދަދެކެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު