ޚަބަރު
ދިއްދޫގައި ގާލްސް ޓު ކޯޑް ޕްރޮގްރާމް ބާއްވަނީ
ލާމު އަތޮޅުގައި ބޭއްވި ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ދިރާގު
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، 'ގަރލްސް ޓު ކޯޑް'ގެ ފަސްވަނަ ޕްރޮގްރާމް ހއ. ދިއްދޫގައި ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފި އެވެ. "ގާލްސް ޓު ކޯޑް" ޕްރޮގަރާމަކީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިސްނަގައިގެން، އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕުރޮގްރާމްގެ މައިގަނޑު މަގުސަދަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ބުންޏެވެ.

ގަރލްސް ޓު ކޯޑް ޕްރޮގަރާމަކީ ދިރާގާއި ވިމެން ޓެކް މޯލްޑިވްސް އިސްނަގައިގެން، އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މީގެ މައިގަނޑު މަޤްސަދަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ. އެގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ކޯޑިންގ އާއި ޑިޖިޓަލް ހުނަރުތައް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.

"ގަރލްސް ޓު ކޯޑް" ޕްރޮގްރާމް ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ކޯޑިންގެ އިލްމާއި އެ އިލްމް ބޭނުންކުރާނެ ގޮތުގެ އިތުރުން ވެބްޕޭޖް އަދި މިނީ ގޭމްސް ފަދަ ތަފާތު ޓެކްނޮލޮޖީ ހައްލުތައް ފަރުމާކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.

ދިރާގުން ވަނީ އެރަށުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން ކުދިންނަށް މިއަހަރުގެ ޕްރޮގްރާމަށް މިމަހުގެ 28ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށް އެދިފަ އެވެ. އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ މިޑްލް އަދި ސެކަންޑަރީ ސްކޫލް ލެވެލްގެ އަންހެން ކުދިންނަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭނެ އެވެ. މީގެ ކުރިން ކޯޑިންގެ މައުލޫމާތު ނެތް ބައިވެރިންނަށް އިސްކަން ދޭނެ އެވެ. 

މިއީ "ގާލްސް ޓު ކޯޑް" ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލައް ސިޓީގައި 2019 ވަނަ އަހަރުގައެވެ. އަދި ދެ ވަނަ ޕްރޮގްރާމް ތިނަދޫ ސިޓީގައި ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮގްރާމްގެ ތިންވަނަ އަދި ހަތަރުވަނަ ސީރީޒް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ އަދި ލާމު އަތޮޅުގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު