ޚަބަރު
މިފްކޯގެ ސީއީއޯ އެ ކުންފުނީގެ މުވައްޒަފުންނަށް މޭޑޭގެ ތަހުނިޔާ ފޮނުއްވައިފި
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު އެކުންފުނީގެ މުވައްޒަފުންނަށް މިއަދު ފާހަގަކުރާ މޭ ޑޭ ނުވަތަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި އެވެ.

ޝަމާހު ތަހުނިޔާ ފޮނުއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައެވެ.

ޝަމާހު އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިން ދުވަހު އެންމެހާ ރައްޔިތުނަށް ދަވަހުގެ ތަހުނިޔާ އަދާކުރާކަމަށެވެ. މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ޝަމާހު ވިދާޅުވީ ކާމިޔާބުގެ ބިންގަލަކީ މަސައްކަތްތެރިންކަމަށެވެ. އަދި މުސްތަޤުބަލު ބައްޓަން ކޮށްދެއްވުމަށް މަސައްކަތްތެރިންގެ ކުރާ މަސައްކަތަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

"ތިޔަބޭފުޅުންގެ މަސައްކަތަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ، މިއަދު އަޅުގަނޑުމެން ޝަރަފުވެރިކޮށް ދެނެގަންނަނީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް އަދާކުރާ އަގުހުރި ދައުރު." ޝަމާހު ވިދާޅުވި އެވެ.


ބައިނަލްއަގުވާމީ ގޮތުން ފާހާގަކުރާ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މޭ މަހު 1 ވަނަ ދުވަހެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މޭ ޑޭ ނުވަތަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ 2006 ވަނަ އަހަރު ސިޔާސީ ބައެއް ފަރާތްތަކާއި މަސައްކަތްތެރިން ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ. ނަމަވެސް ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމީ 2011 ވަނަ އަހަރު އެވެ.  

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ޝިއާރަކީ "އެންޝުއަރިން ސޭފްޓީ އެންޑް ހެލްތް އެޓް ވޯކް އިން އަ ޗޭންޖިން ކްލައިމެޓް" ނުވަތަ "މޫސުމީ ގޮންޖެހުންތަކާއެކުވެސް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން" މި ޝިއާރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު