
އުމުރުފުޅުން 100 އަހަރުގައި ޑރ. ސިތީ ހަސްމާ މުހައްމަދު އަލީ، އަވަހާރަވެފައިވާއިރު، އެކަމަނާއާއި ބޮޑުވަޒީރު ޑރ. މާތިރުގެ ކައިވެނިފުޅަށް މިދިޔަ އޮގަސްޓު މަހު ވަނީ 70 އަހަރު ފުރިފަ އެވެ. އަދި ހަތް ބޭފުޅުން ތިއްބަވަ އެވެ. ޑރ. ސިތީ ހަސްމާ ޖަނާޒާ ބޭއްވުމަށްފަހު، އެކަމަނާގެ ފަސްދާނުވަޑުވާނީ އެގައުމުގެ އިދާރީ ވެރިރަށް ޕުތުރަޖާޔާގެ ޤަބުރުސްތާނެއްގައި ކަމުގައި ޑރ. މަހާތިރުގެ އޮފީހުން ވަނީ ބުނެފައެވެ."ގައުމު އަބަދު ވެސް ހަނދާންކުރާނީ އޭނާގެ މައިވަންތަ ސިފަތަކާއި ގައުމަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް،" އަންވަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.