
މި އެކްސިޑެންޓު ހިނގީ ކުއަލަލަމްޕޫރުން ވިޔަފާރި ކުރުމަށް ފަހުގައި ގްރެބް އެޕްލިކޭޝަން ބޭނުންކޮށްގެން ކާރެއްގައި ގެއަށް ދިޔަ މަގުމަތީގައެވެ.ނިޔާވި ދަރިވަރުގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ދަރިވަރު ނިޔާވީ އެކްސިޑެންޓުވި ސަރަހައްދުގަ އެވެ.މި އަންހެން ދަރިވަރާއެކު، އިތުރު ދިވެއްސަކު ވެސް ކާރު ތެރޭގައި އިނެވެ. އެމީހާގެ ހާލު ގޯސް ނޫން ކަމަށްވެ އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ނިޔާވެފައި ވަނީ، އައްޑޫ ސިޓީއަށް ނިސްބަތްވާ 22 އަހަރުގެ އަންހެނެކެވެ.