ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވަޒީފާގެ ހާލަތު ބަދަލުވެގެން 723 މީހަކު ޝަކުވާ ހުށަހަޅައިފި
އިސްމާއިލް ރިޒާ
06 އޭޕްރީލް 2020 - 01:13
0
comments
Tweet
Telegram
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އަންނަ ހީނަރުކަމާ އެކު ވަޒީފާ ގެއްލޭ މީހުނާއި މުސާރަ އުނިކުރުމުގެ މައްސަލަތަކުގެ ޝަކުވާތަށް ހުށަހަޅަން ގާއިމުކޮށްފައިވާ ޕޯޓަލްއަށް ވަޒީފާގެ ހާލަތު ބަދަލުވެގެން 723 މީހަކު ޝަކުވާ ހުށަހަޅައިފި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ޢިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލުމުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިވަނީ 723 މީހަކު ކަމަށެވެ.
ވަޒީފާގެ މައްސަލަތަކުގައި މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާ
ވަޒީފާއިން ކަނޑާލައިން ހުށަހަޅާފައިވާ 185 މައްސަލަ
މުސާރަ ނުދީގެން ހުށަހަޅާފައިވާ 113 މައްސަލަ
މުސާރަ ނުލިބޭގޮތަށް ޗުއްޓީދީގެން ހުށަހަޅާފައިވާ 245 މައްސަލަ
މުސާރަ، ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްގެން ހުށަހެޅި 72 މައްސަލަ
ވަޒީފާއިން ސަސްޕެންޑްކޮށްގެން ހުށަހެޅި 64 މައްސަލަ
ޢިނާޔަތްތައް ނުލިބިގެން ހުށަހެޅި 44 މައްސަލަ
ކޯވީޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް 3 މަސްދުވަހުގެ ޢިނާޔަތެއް ދޭން ދައުލަތުން ނިންމާފައިވާކަމަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކުރިން ވިދާޅުވެފައެވެ. އެލެވަންސް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1ވަނަ ދުވަހުންފެށިގެން ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށެވެ.
ކޯވިޑް-19އާ ގުޅިގެން ވަޒީފާގެއްލޭ މީހުން އިކޮނޮމިކިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރުމަށް ސަރުކާރުންވަނީ އިލްތިމާސްކުރައްވާފައެވެ. ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ޢިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ޙިއްސާކުރެވޭނެގޮތް ހަމަޖައްސައިދީފައިވަނީ މާރޗް މަހުގެ 21ވަނަ ދުވަހުއެވެ.
އިގްތިސާދު ދަށްވާތީ އެ ކަމުން އަރައިތުމަށް ޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާ އިކޮނޮމިކް ޕެކޭޖެއް ވެސް ތައާރަފު ކޮށްފަ އެވެ. އޭގެ ދަށުން ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިއަޑާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރަން ޝަރުތު ކުރެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ދުވަސް ކުރިން
0
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަންކޮށްފި
2 މަސް ކުރިން
0
ވެންޓިލޭޓަރު މައްސަލައި 32 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ދުބާއީ ކޯޓުތަކަށް ހުށަހަޅަނީ
4 މަސް ކުރިން
0
އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
4 މަސް ކުރިން
0
ކޮވިޑްގެ އާ ވޭރިއެންޓް ފެތުރޭތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރާގުން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި
3 ގަޑިއިރު ކުރިން
0
ރައީސް އޮފީހުން މިހާރު ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް!
3 ގަޑިއިރު ކުރިން
0
އެހެން ގައުމުތަކަށްވެސް މި މަހު ކަރަންޓު، ގޭސް ބިލު ބޮޑު: ފަހުމީ
4 ގަޑިއިރު ކުރިން
0
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ
12 ގަޑިއިރު ކުރިން
0