ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފެނާއި ކަރަންޓް ބިލު ދައްކަން ގެސްޓްހައުސްތަކަށް ލުއި ދީފި
އަލީ ރާޒީ
24 ޖުލައި 2020 - 23:12
0
comments
Arena Lodge Maldives
Tweet
Telegram
ގެސްޓްހައުސްތަކުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހާ ހަމައަށް ނުދައްކާ ހުރި ފެން ބިލުތަކާއި ކަރަންޓު ބިލުތައް، އަންނަ ނޮވެމްބަރު މަހުން ފެށިގެން ހަ މަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަދައިދިނުމަށް ނިންމައިފިއެވެ.
ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ބުނީ ކޮވިޑް-19އާ ހެދި ގެސްޓްހައުސްތަކުގެ ހިދުމަތް ހުއްޓާލުމާ ގުޅިގެން ގިނަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން ކަރަންޓް ބިލްތަކާއި ފެން ބިލްތައް ނުދެއްކި ފުނިޖެހި ފައިސާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
މިކަން ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ. ފެން ބިލްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުދައްކާ ހުރި ބިލްތައް މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސްޓެލްކޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީން އެއްބަސްވެފައިވާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުންޏެވެ.
މިގޮތަށް ބަހާލައިގެން ބިިލްތަކަށް ފައިސާ ދައްކަން ބޭނުންވާ ގެސްޓްހައުސްތަކުން ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް ގެސްޓްހައުސް އެސޯސިއޭޝަނުން އެދެ އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވައި ފަތުރުވެރިކަން އަލުން ފަށާފައި ވާއިރު މި މަހުގެ 15 އިން ފެށިގެން މާލޭ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓު ހައުސްތައް ޓްރާންސިޓު ހޮޓަލުގެ ގޮތުގައި ބޭނުންކުރަން ވަނީ ފަށައިފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މިދިޔަ 10 ދުވަސްތެރޭ ރާއްޖެ އައި ފަތުރުވެރިންގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. މިއަދާ ހަމައަށް ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިންނެވެ. ގިނައީ އިނގިރޭސި ރައްޔިތުންނެވެ. ދެން އެންމެ ގިނައިން އައީ އެމެރިކާ މީހުންނެވެ. ތިންވަނާގައި އޮތީ ޖަރުމަނެވެ
އެހެން ނަމަވެސް ގެސްޓްހައުސްތައް އަލުން ހުޅުވާލަން ނިންމާފައި ވަނީ އޯގަސްޓް އެއްވަނަ ދުވަހުއެވެ. ނަމަވެސް މި ތާރީހު ބަދަލުވެދާނެ ކަމަށާއި ގެސްޓްހައުސްތައް ހުޅުވާލުމުގެ ކުރިންވެސް ރާއްޖެ އަންނަ ފަތުރުވެރިއަކަށް، ޓޫރިސްޓް ރިސޯޓަށް ދިޔުމުގެ ކުރިން މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ގެސްޓްހައުސްއެއްގައި، ޓްރާންސިޓު ސްޓޭ އަކަށް ހާއްސަ ހުއްދައެއްގެ ދަށުން މަޑު ކުރެވިދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން މަތީ މަގާމްތަކަށް ދިވެހިން ހޯދަނީ
4 ދުވަސް ކުރިން
0
ބިނާކުރަނިވި ފާޑުކިޔުންތައް ބަލައިގަންނާނަން: ފައިސަލް
6 ދުވަސް ކުރިން
0
އަހަރުގެ މިހާތަނަށް ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތަށް
10 ދުވަސް ކުރިން
0
ގާފަރު ފަޅުން 16 ރަށް ހިއްކަން ހަވާލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޓެކްސީ ޑްރައިވަރަކު، ފަސިންޖަރަކު ކާރުން ބޭލި މައްސަލައެއްގައި ފިޔަވަޅު އަޅަނީ
12 ގަޑިއިރު ކުރިން
0
ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި
12 ގަޑިއިރު ކުރިން
0
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް
13 ގަޑިއިރު ކުރިން
0
އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް
13 ގަޑިއިރު ކުރިން
0