ޚަބަރު
އެންއައިސީގެ ރައީސަކަށް، ގާސިމް
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް ކަމަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތު ހިމެނޭ ލިއެކިއުންތައް ލީކްކޮށްލި ގާސިމް އަބްދުލް ކަރީމް އައްޔަން ކުރައްވައިފިއެވެ.

އެންއައިސީގެ މެންބަރުކަމުގެ މަގާމަށް މިދިއަ ހޯމަ ދުވަހު އައްޔަން ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ފާސް ކުރެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ގާސިމް ހިމެނެ އެވެ.

ގާސިމްގެ އިތުރުން މަގާމަށް އައްޔަން ކުރެއްވި އަނެއް ތިން ބޭފުޅުންނަކީ، މ. ޕިސްތާގޭ އާމިނަތު ޝާދިޔާ އާއި ގ. ދޫރެސްވިލާ، އާޝިޔަތު ޝިއުނާ އާއި، ދަފްތަރު. ނަންބަރު ރސ 1188، ޝުއައިބު އަބްދުއްރަހްމާނެވެ. 

އެމްއެމްޕީއާރުސީގެ މުއާމަލާތްތަކުގެ ލިޔެކިއުންތަކެއް ގާސިމް ލީކްކޮށްލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ހުންނަވައިގެނެވެ.

ފަހުން ބޭންކްގެ ވަޒީފާއިން ވެސް އޭނާ ވަކިކުރިއެވެ. ގާސިމް އަބްދުލް ކަރީމްއަށް ބީއެމްއެލްގެ އެތެރޭގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލާގައި 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ 2017 ގައެވެ.

އެންއައިސީގެ ރައީސަކަށް އައްޔަންކުރި އެމްއެމްޕީއާރުސީގެ ފައިސާ އިން ހިޔާނާތް ހިންގާކަން އޭނާ ފަޅާއަރުވާލީ، ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރަމުންނެވެ. މި މައްސަލައިގައި ގާސިމަށް ޖަލު ހުކުމެއް އަ އެވެ. އޭނާ ބުނިގޮތުގައި، ހިޔާނާތުގެ ހެކިތައް އޭނާ އާއްމުކުރީ، ގައުމާއި ރައްޔިތުންގެ ހައްގުގަ އެވެ.

އެންއައިސީން ހަތަރު މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމާ ގުޅިގެންނާއި، އެ ކޮމިޝަނުގެ އިތުރު ތިން މެމްބަރުން ކަމަށްވާ ހައްސާން ހަމީދު އާއި ހަދީޖާ އަބްދުﷲގެ އިތުރުން އަހުމަދު އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވާތިއެވެ.


ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު