
ސިންގަޕޫރުގައި މަނިކު ރޭ ފަތިހު އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.ޔުނިވާސަލްގެ ޑައިރެކްޓަރެއްގެ ގޮތުން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޑރ. މަނިކަކީ ރާއްޖޭގެ ކޮކާ ކޯލާ ކުންފުނީގެ ވެރިޔާ އެވެ. މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއަކީ، 1985 މެދުތެރޭގައި އޭނާ އުފެއްދެވި ކުންފުންޏެކެވެ.