ވިޔަފާރި
ކުކުޅު ފިހާރަ: ކޮށި ކުކުޅު 10 ކޭސް ގަތުމުން 1 ކޭސް ކޮށި ކުކުޅު ހިލޭ!
މާލޭގައި ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި ހޯލްސޭލްކޮށް ރީޓެއިލް ކުރާ "ކުކުޅު ފިހާރަ" އިން ހިލޭ ކަރީ ކަޓް ބަހާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު ވިދާޅުވީ، އެ ފިހާރައިން ވިއްކާ "ކޮށި ކުކުޅު" ގެ 10 ކޭސް ގަތުމުން 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ ކަމަށެވެ.

"މި ދުވަސްވަރު ކުކުޅު ވިކެނީ ކޮށައިވެސް ދިނީމަ، އެހެންވެ ފެބުރުއަރީ މަހުގެ ނިޔަލަށް މި ޕްރޮމޯޝަންގައި މިދެނީ 10 ކޭސް ނެގީމަ 1 ކޭސް ހިލޭ،" ކުކުޅު ފިހާރައިން ބުންނެވެ.

ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ހުރިހާ ސައިޒެއްގެ ކަރީ ކަޓް ތައާރަފް ކުރުމާއި ގުޅިގެން ވިޔަފާރި ވެރިންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވާނެ ކަމަށް އެ ފިހާރައިން ފާހަގަކުރެއެވެ.

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެ ފިހާރައިން އަންނަނީ އަބަދުވެސް ކަސްޓަމަރުންނަށް އަމާޒުކޮށް، ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.



ކުކުޅު ފިހާރައިގެ އަމާޒަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކޮށް، ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.

ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރުމުން ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ. ޑެލިވަރީ ކުރަން ހުޅުމާލެ އިން ނަމަ 9666575 އަށް، އަދި މާލެއިން ނަމަ 9986575 އަށް ގުޅުމަށް އެފިހާރައިން އެދެއެވެ.

އަދި "ކުކުޅު ފިހާރަ" ގެ ވެބްސައިޓް މެދުވެރިކޮށް ވެސް އޯޑަރު ކުރެވޭނެ އެވެ.

ކުކުޅު ފިހާރައިގެ ހޯލްސޭލް ސެންޓަރު މާލޭގެ ނިކަގަސް ހިގުމުގައި ހުންނަ އިރު ހުޅުމާލޭގައި ވެސް ކުކުޅު ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ.  

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު