ވިޔަފާރި
އެންޒީގެ މުޅިން އައު 4 ވައްތަރެއްގެ މަސްދަޅު ބާޒާރަށް ނެރެފި
ރަމަޟާން މަހަށް ހާއްސަކޮށްގެން އެންޒީއިން މުޅިން އައު ހަތަރު ވައްތަރެއްގެ މަސްދަޅު ތައާރަފުކޮށްފި އެވެ.

މިއީ މި ރޯދަމަހު އެންޒީން ކުރިއަށްގެންދާ "ތިބޭފުޅުންގެ އަރިހުގައި އެންޒީ ރޯދަމަސް" ޕްރޮމޯޝަންގެ ތެރެއިން ތަޢާރަފްކުރި އުފެއްދުންތަކެކެވެ.

އެންޒީއިން އަލަށް ބާޒާރަށް ނެރެފައިވާ 4 ވައްތަރުގެ މަސްދަޅަކީ ވަޅޯމަސް ތެލުގައި، ޓޫނާ ސްޓޭކް ތެލުގައި، ކަންނެލި ބަނޑައިދޫ ތެލުގައި، ޓޫނާ ގިތެޔޮ މިރުސް ސޯސްގައި ތައްޔާރުކޮށްފައިވާ މަސްދަޅެވެ. އެންޒީން ވަނީ އެ ކުންފުނީގެ ފިހާރަތަކުގައި އާންމުންނަށް މި މަސްދަޅު ރަހަބަލާލުމުގެ ފުރުސަތުވެސް ދީފައެވެ.

އެންޒީން ބުނީ އަލަށް ތައާރަފްކުރި 4 ބާވަތުގެ މަސްދަޅު ތައާރަފްކޮށްފައިވަނީ މިހާރު ދިވެހިންގެ މެދުގައި އެންމެ ކަމުދާނެ ބާވަތްތަކަށް ވިސްނައިގެން ހުރިހައި އުމުރެއްގެ މީހުންނަށްވެސް އެންމެ ކަމުދާނެ ކަހަލަ ގޮތަކަށްކަމަށެވެ.

އެންޒީން އަލަށް ތައާރަފްކޮށްފައިވަނީ ޓޫނާ އިން ޗިލީ ސޯސް އާއި ސްޓީކް އިން ސަން ފްލަވާ އޮއިލް އާއި ލައިޓްލީ ސްމޯކްޑް ޓޫނާ އިން ސަން ފްލަވާ އޮއިލް އާއި ވެންޓްރެސްކާ އިން ސަން ފްލަވާ އޮއިލް އެވެ.

މި މަސްދަޅުތަކުގެ އަގު އުޅެނީ 12ރ. އާއި 16ރ. އާ ދެމެދުގަ އެވެ. 

އެންޒީގެ ހުރިހާ ފިހާރައެއްގެ އިތުރުން އެންޒީގެ ވެބްސައިޓުންވެސް އަލަށް ތައާރަފުކުރި މަސްދަޅުގެ ބާވަތްތައް ލިބެން ހުންނާނެ އެވެ.

 


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު