ވިޔަފާރި
އެންޒީއިން މަހުގެ ބޮލުގެ ބައިތައް ހިމެނޭ މަސްދަޅެއް ބާޒާރަށް ނެރެފި
އެންޒީން މިއަދު ތައާރަފުކުރި މަސްދަޅު. ފޮޓޯ: އެންޒީ
ހައިރައިޒުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެފްއެންބީ ޝޯގައި، އެންޒީން "ބޮލުމަސް" ދަޅުގެ ނަމުގައި އާ ވައްތަރެއް މިއަދު ތައާރަފްކޮށްފި އެވެ.

'ބޮލުމަސް"ގެ ނަމުގައި އުފެއްދި މި އާ މަސްދަޅު ބާޒާރަށް ނެރުނީ، މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ފެށި އެފް އެންޑް ބީ އެކްސްޕޯގައި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އޭނާއާ މަސްދަޅު ހަވާލުކޮށްދެއްވީ އެންޒީގެ މައި ކުންފުނި އެންސިސްގެ އެއް ޑައިރެކްޓަރު އަބްދުﷲ ސައީދެވެ. 

އެންޒީން ބުނީ މަހުގެ ބޯ ކާހިތްވާ މީހުންނަށް އަމާޒުކޮށްގެން އުފެއްދި މަސް ދަޅުގެ ރަހަ ބަލާލުމުގެ ފުރުސަތު އެފްއެންބީ ޝޯގައި ލިބޭނެ ކަމަށެވެ. އެންޒީގެ ފިހާރަތަކުން މި މަސްދަޅު އަންނަ ހަފުތާގައި ވިއްކަން ފަށާނެ އެވެ.

"މިއީ ހަމަ ވަގުތުން ފަސޭހަކަމާ އެކު ކާލެވޭ ގޮތަށް ތެލުގައި އުފައްދާފައިވާ މަސް ދަޅެއް،" އެންސިސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެންޒީން ބުނި ގޮތުގައި ދިވެހިން ލޯބިކުރާ މަހުގެ ބާވަތްތަކުގެ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރެ އެވެ. އެންމެ ފަހުގެ ޕްރޮޑަކްޓަކީ އާއްމުންގެ މެދުގައި މަގުބޫލު ބާވަތެއް ފަސޭހައިން ކާން ލިބޭނެ ގޮތް ހެދުމަށް ތައްޔާރު ކުރި މަސްދަޅެއް ކަމަށް އެންޒީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު