ވިޔަފާރި
5،000ރ ހޯދުމުގެ ޕްރޮމޯޝަނެއް އެންޒީން ފަށައިފި
އެންޒީގެ ފިހާރާއެއް: އެންޒީން ވަނީ ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައި-- ފޮޓޯ:އެންސިސް
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަހުގެ ބާވަތްތައް އުފައްދައި ވިއްކާ އަމިއްލަ ކުންފުނި ކަމަށްވާ އެންސިސް ފިޝަރީޒް އިން ރޯދަމަހާ ދިމާކޮށް "އެންމެ ގާތުން" ގެ ނަމުގައި އެންޒީ އިން ހާއްސަ ޕްރޮމޯޝަނެއް އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެ ކުންފުނިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެންޒީ ފިހާރަ އިން 200ރ. އިން މަތީގެ ވިޔަފާރިއެއް ކުރުމުން، ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުލުމުގައި ބައިވެރިވެވޭނެ އެވެ. ކޮންމެ ހަފުތާއަކު ހޮވާ ދެ ނަސީބުވެރިންނަށް 5،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.

އެންޒީގެ މާކެޓީން މެނޭޖަރު އިބްރާހިމް ނަޒީމް ވިދާޅުވި ގޮތުގައި އެންޒީގެ ފިހާރަތަކުން މި އަހަރުގެ ރޯދަ މަހު، އެ ބްރޭންޑުގެ އަމިއްލަ ތަކެތީގެ އިތުރުން ބޭރުގެ ބައެއް އުފެއްދުންތައް ވެސް ވިއްކާނެ އެވެ.

"އެންޒީގެ އާ މަސްދަޅުގެ އުފެއްދުންތަކެއް ވެސް ބާޒާރަށް ނެރެން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

އެންޒީގެ ފިހާރަތަކުން އެ ކުންފުނީގެ އުފެއްދުންތަކުގެ އިތުރުން ބޭރުގެ ބައެއް އުފެއްދުންތައް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި ތަފާތު ބާވަތްތަކުގެ މަހާއި މަހުގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.

އެންޒީން މިދިޔަ އަހަރުގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ "އެންޒީ ރޯދަ މަސް ތިޔަބޭފުޅުންގެ އަރިހުގަ" މި ނަމުގަ އެވެ. އެ ޕްރޮމޯޝަންގައި ވެސް ފައިސާގެ އިނާމުތައް ކޮންމެ ހަފުތާއަކު ދެ ކަސްޓަމަރުންނަށް ދީފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު