ޚަބަރު
ކޮވިޑުގައި އިތުރު މީހަކު މަރުގެ، ރާއްޖެއިން މަރުވި ޢަދަދު 72 އަށް އަރައިފި
ކޮވިޑުގައި އިތުރު މީހަކު މަރުގެ، ރާއްޖެއިން މަރުވި ޢަދަދު 72 އަށް އަރައިފި އެވެ.

އެޗްއީއޯސީން ބުނެފައިވަނީ މިއަދު މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ ޢުމުރުން 85 އަހަރުގެ މީހެއް ކަމަށެވެ. އަދި އެއީ ދިވެހި އަންހެނެއް ކަމަށް ވެސް ބުންޏެވެ.

މި މަރާއެކު ރާއްޖެއިން މިހައިތަނަށް 64 ދިވެހިންނާއި 8 ބިދޭސީން ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް އަނެއްކާވެސް ކޮވިޑު ކޭސްތައް އިތުރުވެފައިވާ އިރު، ޚާއްސަގޮތެއްގައި އަތޮޅު ތެރޭގައި ކޭސްތައް އަންނަނީ އިތުރުވަމުން ނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށްބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގައި 386 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވަނީ 4000އިން މައްޗަށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވަނީ 100އަށްވުރެ މައްޗަށް އަރާފައެވެ.

މީގެ ކުރިން ކޯވިޑްގެ ޙާލަތު އެންމެ ގޯސްކޮށް އޮތީ މާލެ ސަރަޙައްދުގައި ނަމަވެސް މިހާރު އަތޮޅުތެރެއިންވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މީގެތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭކަން އެޗްޕީއޭގެ ތަފާސް ހިސާބުންތަކުން ދައްކައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު