ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވެންޓިލޭޓަރު މައްސަލައި 32 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ދުބާއީ ކޯޓުތަކަށް ހުށަހަޅަނީ
އިސްމާއިލް ރިޒާ
06 މާޗް 2024 - 17:34
0
comments
Tweet
Telegram
ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ މައްސަލައިގައި 32 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ދުބާއީގެ ކޯޓުތަކަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް ތެރޭގައި ވެންޓިލޭޓަރުތަކެއް ހޯދަން ހަވާލު ކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ އެވެ. ވެންޓިލޭޓަރަށް އެޑްވާސް ފައިސާ ދެއްކި ނަަމަވެސް ވެންޓިލޭޓަރެއް ނުލިބުނެވެ. އަދި އެ ފައިސާ ހޯދޭނެ ގޮތެއް ވެސް ނުވި އެވެ. އެ ކުންފުންޏަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ކުރީ ސަރުކާރުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އަދި ދިވެހި ސަރުކާރާ އެއްކޮޅަށް މިދިޔަ މަހު އެ މައްސަލަ ވަނީ ނިމިފަ އެވެ.
އެކަމާ ގުޅިގެން މިއަދު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެ ކުންފުންޏަކީ ދުބާއީގެ ކުންފުންޏަކަށް ވީތީވެ، އެފައިސާ ހޯދަން މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން ދަނީ ދުބާއީގެ ކޯޓަކަށް ކަމަށެވެ.
އެ މައްސަލައިގައި ރާއްޖެއިން އެދުނީ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރުތައް ގެނެސްދީފައިނުވާތީ ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށްވެސް އެ ކުންފުނިން ހާޒިރުވެފައެއް ނުވެއެވެ.
އުޝާމް ވިދާޅުވީ އެ ކުންފުނި ވީ ތަނެއްވެސް ނޭނގޭ ކަމަށެވެ. އަދި އެ ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ ދުބާއީގައި ކަމުން، ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އުޝާމް ވިދާޅުވިއެވެ. އެ ކުންފުނީގެ ވެބްސައިޓުގައިވާގޮތުން އެ ކުންފުނިން މިހާރު ވިއްކަމުން އަންނަނީ ކާބޯތަކެއްޗާއި ރަނާއި އެކި ބާވަތްތަކުގެ މައުދަނާއި ދަގަނޑެވެ.
އުޝާމް ވިދާޅުވީ އެ ފައިސާ ހޯދުމަކީ ވަރަށް ނާދިރުކަމެއް ނަމަވެސް ފައިސާ ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރައްވާނެ ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ 2 އޭޕްރިލް 2020ގައެވެ. އެ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ އެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ 19 ފެބްރުއަރީ 2023ގައެވެ.
އެ މައްސަލައިގައި ދިވެހި ދައުލަތުން އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައިނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32.5 މިލިއަން ރުފިޔާ (2.1 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށެވެ. އޭގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށްވެސް އެދުނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ނަފްސާނީ އެހީއަށް އެދި މިދިޔަ އަހަރު 10،000 ކޯލު!
3 ދުވަސް ކުރިން
0
މެންޓަލް ހޮސްޕިޓަލް އަޅާނީ މާލޭގައި: މިނިސްޓަރު
25 ދުވަސް ކުރިން
0
ގުނަވަން ޓްރާންސްޕްލާންޓް ކުރުމާގުޅޭ ބިލު އަނބުރާ މަޖިލީހަށް
25 ދުވަސް ކުރިން
0
އެންސްޕާގެ ގިނަ ހިދުމަތްތައް އާސަންދައަށް ބަދަލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ގާއިމު ކުރަން އެމްޓީސީސީއަށް
8 މިނެޓް ކުރިން
0
ދިރާގު އެލީޓް ކްލަބް ޕާޓްނަރަކަށް އީޒްއެޕް
13 މިނެޓް ކުރިން
0
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރަން ދިދަ ނަގައިފި
16 މިނެޓް ކުރިން
0
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން ބޭނުމެއް ނުވޭ: ރައީސް
1 ގަޑިއިރު ކުރިން
0