ކުޅުދުއްފުށީ ހޮސްޕިޓަލްގެ އާ އޯޕީޑީ އިމާރާތުގެ މަސައްކަތް ފަށައިފި
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ އޯޕީޑީ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 23 ގައި ކަމަށެވެ.

މި އޯޕީޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ކޮޓަރި އާއި ފަރުވާދޭ ކޮޓަރިއަކާއި ޕްރޮސީޖަ ކޮޓަރިއަކާއި އީސީޖީ ކޮޓަރިއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

ހެލްތު މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތަކީ 20.22 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަކީ އަތޮޅު ތެރޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެ



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު