
ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުގެ ބަދަލުގައި ރިޔާސީ ނިޒާމެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ލީޑަރު ގާސިމް މި ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަން ވެސް ކުރައްވާ މުހައްމަދު ނަޝީދު، ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދަވަން ކުރައްވާ މަސައްކަތް ކުރިއަށް ވުރެ ބޮޑަށް ހަލުވި ކުރައްވާފައި ވަނިކޮށެވެ.ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ގާސިމްގެ ވިސްނުންފުޅު ހިއްސާ ކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައީސް އާއި މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތަކެއް ކަމަށާ ނަމަވެސް ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިހާބު ކުރާ ބޭފުޅެއް ނޫން ކަމަށެވެ.