ވިޔަފާރި
އެމްފައިސާއިން އެފްއެސްއެމަށް ފައިސާ ދެއްކި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ސައިކަލް ހަވާލުކޮށްފި
އެމް-ފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮންޑާ ސްކޫޕީ ކްލަބް 12 ސައިކަލު ހަވާލު ވަނީ
އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމް-ފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް ހޮންޑާ ސްކޫޕީ ކްލަބް 12 ސައިކަލު ހަވާލުކޮށްފިއެވެ.

ނަސީބުވެރިޔަކަށް ހޮންޑާ ސްކޫޕީ ސައިކަލެއް ލިބޭ އެ ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ސައިކަލު ހަވާލުކުރީ، ބްރިޖު ވިއުއިން ޕްލެޓްފޯމުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ޕާޓްނާޝިޕާ އެކު، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކޮށް، ޑިޖިޓަލް މާލީ ހިދުމަތްތައް ރާއްޖޭގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވެ ދޭ ކަމަށް އުރީދޫގެ އެމްޑީ ހާލިދު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ހާލިދު ވިދާޅުވި އެވެ.

އެފްއެސްއެމްގެ އެމްޑީ ގަސަމް ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި އުރީދޫ މޯލްޑިވްސްއާ ގުޅިގެން އެމް-ފައިސާގެ ހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން، ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށާއި މުވައްޒަފުންނަށް ވެސް ފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެހެން ސަރަހައްދުތަކަށް ފުޅާކުރާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

އެމް-ފައިސާއިން، ޔޫޓިލިޓީ ބިލް ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ރާއްޖޭގެ އެންމެ މަގުބޫލު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް ފައިސާ ދެއްކޭނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު