
ސުޕްރީމް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި އެ ދެބޭފުޅުންގެ އަރިހުގައި ރާއްޖޭގެ ހައިކޯޓާއި ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.އެދެބޭފުޅުންގެ މިދަތުރުފުޅަކީ އެމެރިކާގެ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އިންތިޒާމުކުރެއްވި ދަތުރުފުޅެކެވެ.މިމަހުގެ 11 އިން 17 އަށް އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމެރިކާގެ ކޯޓުތަކަށާއި، ލޯ ސްކޫލްތަކަށް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.