ޚަބަރު
ރައީސްއާ ގުޅޭ ޑޮކިއުމެންޓްރީގެ ތަހުގީގަށް އަދަދު އޮފީހަށް ފުލުހުން ވަދެއްޖެ
ރައީސް މުހައްމަދު މުއިއްޒު ކައިވެނީގެ ބޭރުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ބަލައި ފާސްކުރަން ފަށައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ވަނީ "އައިޝާ"ގެ ނަމުގައި ނެރެފައިވާ އެ ޑޮކިއުމެންޓްރީގައި ކާކުކަން ނޭނގޭ ގޮތަށް ވާހަކަ ދެއްކި މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސުވާލާ ގުޅުވައިގެން "އަދަދު" ނޫހުން ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ވީޑިއޯ ހެދި ކަމަށް އިއުތިރާފުވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އެކަމާއި ގުޅިގެން ރައީސް ވަނީ އެފަދަ ދޮގު ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާއި މެދު ދައުވާ ކުރަން ކަމާއި ބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

އަދަދުގެ އޮފީސް ހިންގާ އިމާރާތުގެ ބޭރުގަ އާއި އެތެރޭގައި ވެސް ދަނީ ފުލުހުން ހަރަކާތްތެރިވަމުންނެވެ. 

މީގެ ކުރިން "އަދަދު" އިން ބުނެފައިވާ ގޮތުގައި މީޑިއީ ކޮމިޝަނުން ވެސް ޑޮކިއުމެންޓްރީގެ މައްސަލަ ބަލަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު