އުއްތަމަ ފަނޑިޔާރަށް ގަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
އިސްމާއިލް ރިޒާ
05 އޯގަސްޓް 2025 - 13:36
0 comments
ޣަނީ: އުއްތަމަ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި
އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖުޑީޝަރީ ކޮމިޓީން ތަޅުމަށް ހުށަހެޅި ގޮތަށް ގަނީއަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ތަޅުމުގައި ނެގި ވޯޓުގެ ނަތީޖާއަކީ:- ރުހުން ދޭން ފެންނަ ކަމަށް 62 މެންބަރުން
- ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
އުއްތަމަ ފަނޑިޔާރު މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނީ ރައީސްގެ ކުރިފުޅުމަތީގައި ހުވާކޮށް، މަގާމުގެ ފަތްކޮޅު އެރުވުމުންނެވެ. މިއީ މިހާރު އަމަލުކުރާ ފެހިގާނޫނުގެ އަސާސީގެ ދަށުން އައްޔަން ކުރާ ފަސް ވަނަ އުއްތަމަ ފަނޑިޔާރެވެ.ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޖޭއެސްސީގެ ރައީސްކަމާއި ހައި ކޯޓުގެ އިސް ފަނޑިޔާރުކަން އޭނާ ކުރެއްވި އެވެ.އޭގެފަހުން 2018 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ޑިސެމްބަރު، 2019 ގައި މަޖިލީހުން އޭނާ މަގާމުން ވަކިކުރީ ސުޕްރީމް ކޯޓުން އޭރު ނިންމި ބައެއް ނިންމުންތަކާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ޝުއޫރު