ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނަޑެއްލާ، ރަތަފަންދޫ، ފިއޯރީގެ އައު އިންޖިނުގެއާއި އޮފީސް ޢިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
އަލީ ރާޒީ
08 އޯގަސްޓް 2023 - 20:53
0
comments
Tweet
Telegram
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދު އަތޮޅު ދެކުނުބުރީ، ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެތަކާއި އޮފީސް ޢިމާރާތްތައް ހުޅުއްވައި ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައިދެއްވީ، ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށްރަށަށް ވަޑައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ނަޑެއްލާ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި، ދަތިކަމެއް ނެތި 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 590ކިލޯވޮޓްއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ރަތަފަންދޫ ފެނަކަ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެ ކުރިން، ރަތަފަންދޫގައި އިންޖީނުގެއާ އޮފީސް ޢިމާރާތުގެ ގޮތުގައި ބޭނުން ކުރަމުން އައީ 37 އަހަރުވެފައިވާ ދުވަސްވީ ޢިމާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ގދ. ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވީ މިއަދު ހަވީރުއެވެ. ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެ ކުރިން ހުރި އިންޖީނުގޭގެ އޮފީހަކީ، 4 މީހުންގެ ޖާގައިގެ އޮފީހެކެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
ގދ. ނަޑައްލާއަށް ފޭބީ މީހަކު ގެއްލިގެން ހޯދަނީ
1 މަސް ކުރިން
0
ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
4 މަސް ކުރިން
0
ފިޔޯރީ މަސް ކާރުހާނާ މަސައްކަތް ފެބްރުއަރީގައި ޗައިނާ ކުންފުންޏަކާ ހަވާލުކުރަނީ
8 މަސް ކުރިން
0
ނައިބު ރައީސް ނަޑެއްލާ ކައުންސިލާ ބައްދަލުކޮށް ރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުއްދަ ނެތި ކާސްޓްރޯލް ވިއްކާތީ ސަމާލުވާން އެމްޓީސީސީން އެދިއްޖެ
4 ގަޑިއިރު ކުރިން
0
ތާރު އެޅުމުގެ ކެޕޭސިޓީ އާރުޑީސީގައި މިވަގުތަކު ނެތް: މުއްތަލިބް
5 ގަޑިއިރު ކުރިން
0
ހައްޖާޖީންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ދެނީ
5 ގަޑިއިރު ކުރިން
0
މި ސަރުކާރުން ނަރުހުންގެ އަޑުއަހައި އިޖާބަ ވެސް ދޭނަން: ރައީސް
6 ގަޑިއިރު ކުރިން
0