
ރޭ ބޭއްވި އެވޯޑު ހަފްލާގައި، މި ފެސްޓިވަލުގައި ކުރިއަށް ގެންދިޔަ ކޮސްޕްލޭ ކޮމްޕެޓިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމާއި ކެރެކްޓާ ދައްކާލުމުގެ ކޮސްޕްލޭ ޝޯ ވެސް ވަނީ ބާއްވައިފަ އެވެ. އީއެފްސީ 24 އިން އެއްވަނައަށް ހޯދި މުހައްމަދު އައިމަން އަހުމަދަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައި ވެއެވެ. އެ މުބާރާތުގެ އިނާމުތަކަށް އުރީދޫން 40،000ރ. ދިނެވެ. އަދި އީއޭއެފްސީ 24 ގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ އިތުރުން ޓޮފް ސްކޯރާއަށް ވެސް އިނާމު ދިނެވެ. މީގެ އިތުރުން، އުރީދޫން ބޭއްވި ކޮސްޕްލޭ މުބާރާތުން އެއްވަނައަށް ހޮވުނު އަހުމަދު ވިޝާމަށް ވަނީ 10،000ރ. ގެ އިނާމެއް ލިބިފަ އެވެ.އުރީދޫން އެންމެ ބޮޑު އިނާމެއް ކަނޑައަޅާފައިވާ ޕަބްޖީ މޯބައިލް މުބާރާތުން އެއްވަނަ ހޯދި ޓީމަކީ އީޓޫއެސް ޓީއެމްސެވެން އެވެ. އެ ޓީމަށް ވަނީ 50،000ރ. ލިބިފަ އެވެ. ފަބްޖީގެ މޯބައިލް މުބާރަތުގެ ވަނަތަކަށް ހޮބުނު ހުރިހާ ފަރާތަކަށް އުރީދޫން ވަނީ 89،000ރ. އިނާމު ދީފަ އެވެ.މި ގޭމިން ފެސްޓިވަލާ ގުޅޭ ގޮތުން، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް ވިދާޅުވީ، ތިން ދުވަހުގެ މުއްދަތަށް ބޭއްވި މުބާރާތުގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު އެ ފެސްޓިވަލަށް އެއްހާހަށް ވުރެ މީހުން ޒިޔާރަތްކުރި ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ."އޭގެ ތެރޭގައި އިންޓަ ސްކޫލް އީ ގޭމިން ޓޯނަމެންޓާއި ޔުނިވާސިޓީ އީ ގޭމިން ޓޯނަމެންޓާއި އަދި އިންޓަ އޮފީސް އީ ގޭމިން ޓޯނަމެންޓެއް ވެސް ބޭއްވިގެންދާނެ،" ނިޔާޒް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ، އުރީދޫން މަސައްކަތް ކުރަނީ އީ ގޭމިން ދާއިރާ ރާއްޖޭގައި ކުރިއަރުވައި، ރާއްޖެއަށް، ބޭރުގެ ގޭމިން މުބާރާތްތަކުގައި ގޯލްޑް މެޑަލް ލިބޭނެ ފަދަ ކުޅުންތެރިން އުފެއްދުމަށް ކަމަށެވެ.