ވިޔަފާރި
އުރީދޫން ފިތުރު އީދުގެ މުނާސަބަތުގައި ހާއްސަ އީދު ސަޔެއް ބާއްވައިފި
އުރީދޫން މި އަހަރު ވެސް ފިތުރު އީދުގެ މުނާސަބަތުގައި ހާއްސަ އީދު ސަޔެއް ބާއްވައިފި އެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އުރީދޫން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އީދު ނަމާދުގެ ޖަމާއަތަށްފަހުގަ އެވެ. އެގޮތުން މާލޭގައި އީދު ސައި ބާއްވާފައިވަނީ ކިންގް ސަލްމާން މިސްކިތް ކުރިމަތީގައެވެ. އަދި ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ގްރޭންޑް މިސްކިތް (މަސްޖިދުއްޝައިޚް ގާސިމް ބިން އާލް-ޘާނީ) ސަރަހައްދުގައެވެ.

އުރީދޫން މައުލޫމާތު ދޭގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އާއިލާއާއި ރައްޓެހިންނާއެކު އެއްތަނަކުން ބައްދަލުވެ، އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ކުރުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމެވެ

އުރީދޫން އީދަށް ހާއްސަކޮށް، އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީ ފޯރުކޮށްދެ އެވެ. އަދި އީދަށް ހާއްސަ އެކި އޮފާތައް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު