
މިއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ މުޖުތަމައަށް އެހީތެރިވުމާއި ދުޅަހެޔޮކަން އިތުރުކުރުމާއި ރާއްޖޭގައި އޯގާތެރިކަމުގެ ސަގާފަތެއް އާލާކުރުމެވެ. އަދި މިއީ ރަމަޟާން މަހާ ގުޅިފައިވާ އެކުވެރިކަމާއި، ހަމްދަރުދީއާއި، ދީލަތިކަމުގެ ރިވެތި ސިފަތައް ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.އުރީދޫން ބުނީ އެ ކުންފުނި ދެމިއޮންނާނީ ހަމައެކަނި ޓެކްނޮލޮޖީ އާއި ހިދުމަތްތަކުގެ އިތުރުން، މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.