ޚަބަރު
އީސީގެ ރައީސް ކަމުން ޒާހިދު އިސްތިއުފާ ދެއްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފި އެވެ.

ޒާހިދު މިއަދު އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ވެސްމެ އެވެ.

އީސީގެ ރައީސްގެ މަގާމަކީ މިހާރު ވަކިން ނަން ފޮނުވައިގެން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ.

ޒާހިދު އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭނާ އެ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރީ ޖެހިގެން އައި ފެބްރުއަރީ މަހުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު