ވިޔަފާރި
ލަމްއާން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް މުޙައްމަދު ލަމްއާން އައްޔަންކޮށްފި އެވެ.

ޕީސީބީން ބުނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގައި ހުންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން ވަކިކޮށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް މ. ހަޒާރީވިލާ، މުހައްމަދު ލަމްއާން މިއަދު އައްޔަނު ކޮށްފައިވާ ކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރުން ކުންފުނީގެ އޮޕަރޭޝަނަލް ލެވެލްގައި ހަރަކާތްތެރިވާނެ އެވެ.

ކުރިން އޭނާ ހުންނެވީ އެއާޕޯޓް ކުންފުނި، އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު