ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
އަބްދުﷲ މައުރޫފް
21 މާޗް 2026 - 13:08
0 comments
ގެއްލުންވި ލޯންޗު:އެ ލޯންޗުގެ ކެޕްޓަންއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން - ފޮޓޯ: އިރުވަރު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޓަގު ބޯޓަކާއި ލޯންޗެއް މިއަދު ޖެހި، ލޯންޗުގެ ކެޕްޓަންއަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގީ އެމްޕީއެލްއާ ދިމާ ބޭރުގައި ލޯންޗަކާއި އެމްޕީއެލްގެ ޓަގު ބޯޓެއްގައި ޖެހިގެންނެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:39 ހާއިރު އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށާއި ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓް ހިނގިއިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން 3 ފަޅުވެރިން ކަމަށްވެސް ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު