ޚަބަރު
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިންމައި ފޮށިތައް ބަންދުކޮށްފި
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި، ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލާ ކިޔޫތައް ބަންދުކޮށް، ހުރިހާ ވޯޓު ފޮށިތަކެއް ވެސް ބަންދުކޮށްފިއެވެ.

ވޯޓުލުން ކުރިއަށް ގޮސްފައިވަނީ، މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ.

އީސީގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ، ދެ އިންތިހާބުގެ އިތުރުބުރުގައި ބެހެއްޓިފައިވާ ހުރިހާ މަރުކަޒެއްގެ ވޯޓުނެގުން ނިމި ހުރިހާ ވޯޓުފޮށިތަކެއް ބަންދުކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މިއަދު 15:00ގެ ނިޔަލަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 6،093 މީހުންގެ ތެރެއިން 3،892 މީހުން ވަނީ ވޯޓު ލައިފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ 63.88 އިންސައްތައެވެ.

ކައުންސިލް އިންތިޚާބުގައި އީސީން ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތައް އިއުލާންކުރާނީ ރަސްމީ ނަތީޖާއާއެކުއެވެ. ދެވަނަ ބުރެއް ބާއްވާ ދާއިރާތަކަކީ:

  • ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި)
  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
  • ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު